ދައުލަތަށް ދިގުމުއްދަތެއްގައި ޚިދުމަތް ކުރެއްވި ޢަބްދުއްލަޠީފް ޙަސަންގެ އެއާޢިލާއަށް ރައިސް ތަޢުޒިޔާ ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ދައުލަތަށް ދިގުމުއްދަތެއްގައި ޚިދުމަތް ކުރެއްވި ޢަބްދުއްލަޠީފް ޙަސަންގެ އެއާޢިލާއަށް ރައިސް ތަޢުޒިޔާ ވިދާޅުވެއްޖެ

ދިވެހި ދައުލަތަށް 53 އަހަރަށްވުރެ ދިގުމުއްދަތެއްގައި ޚިދުމަތް ކުރެއްވި ވ.ކެޔޮދޫ، އަލިވާގޭ، ޢަބްދުއްލަޠީފް ޙަސަން އަވަހާރަވުމާ ގުޅިގެން، އެ ބޭފުޅާގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވީ، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގެ ޒަރިއްޔާއިންނެވެ. އެ ޕޯސްޓްގައި ރައީސް ވަނީ، މަރްޙޫމް ޢަބްދުއްލަޠީފް ޙަސަން އަވަހާރަވުމުގެ ހިތާމައިގައި، އެ ބޭފުޅާގެ ޢާއިލާއަށާއި ފެލިދެއަތޮޅުގެ ރައްޔިތުންނަށް އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައެވެ.

ރައީސްގެ ތަޢުޒިޔާގެ މެސެޖްގައި، މާތްﷲ، މަރްޙޫމް ޢަބްދުއްލަޠީފް ޙަސަން، އެ ﷲ ގެ ރުއްސެވުމާއި ފުއްސެވުމުގައި ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް އެ ބޭފުޅާއަށް މިންވަރުކޮށްދެއްވުން އެދި ދުޢާ ކުރައްވާފައިވެއެވެ.

ޢަބްދުއްލަޠީފް ޙަސަން އަކީ ފެލިދެ އަތޮޅުގެ އަތޮޅުވެރިކަމާއި، އެ އަތޮޅުގެ އިސް މަޤާމުތަކެއް ފުރުއްވައި، ދިވެހި ދައުލަތަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ގަދަރުވެރި ބޭފުޅެކެވެ. 53 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވި ޢަބްދުއްލަޠީފް ޙަސަން އަވަހާރަވެފައިވަނީ އުމުރުން 93 އަހަރުގައެވެ.

މިއަދު އޮންލައިން