ކުކުޅު ބިސް ލިބުމުގައި ދަތިކަމެއް ނެތް ކަމަށް އެސްޓީއޯ އިން ބުނެފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ކުކުޅު ބިސް ލިބުމުގައި ދަތިކަމެއް ނެތް ކަމަށް އެސްޓީއޯ އިން ބުނެފި

ކުކުޅު ބިސް ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށާއި، ކޮންޓްރޯލެއް ނެތި ބިސް ވިއްކަމުންދާ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯ އިން ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން ބިސް ހުސްވެ، ކޮންޓްރޯލްކޮށްގެން ބިސް ވިއްކަމުންދާ ކަމަށް ބުނާ ވާހަކަތައް ފަހަކަށް އައިސް މީސްމީޑިއާގައި ދައުރުވަމުން ދެ އެވެ. މި ވާހަކަތަކާ ގުޅިގެން ޕީއެސްއެމް ނިއުސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ދައުލަތުގެ ވިޔަފާރި ކުންފުނި ކަމަށްވާ އެސްޓީއޯ އިން ވިދާޅުވީ ބިސް ލިބުމުގައި ދަތިކަމެއް ނެތް ކަމަށެވެ. އަދި ކިއެއްތަ، ކިހިނެތްވެސް ކޮންޓްރޯލެއް ނެތި ބިސް ވިއްކަމުންދާ ކަމަށްވެސް އެ ކުންފުނިން ވިދާޅުވި އެވެ.

އެސްޓީއޯ އިން ވިދާޅުވި ގޮތުގައި، މި ވަގުތުވެސް ބިހުގެ އިތުރު ޝިޕްމެންޓުތައް ލިބެމުންދާ ކަމަށާއި، ކުރިއަށް ހުރި ދުވަސްތަކުގައިވެސް ދަތިކަމެއް ނެތި ބިސް ލިބެމުންދާނެ ކަމަށެވެ.

މި ހިނދު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލް އިން ވެސް ވަނީ ބިސް ލިބުމާ ގުޅޭ ތަފްސީލީ މައުލޫމާތު ހިއްސާ ކޮށްފަ އެވެ. އެ ކުންފުނިން ބުނި ގޮތުގައި، މި މަހުގެ 22 ން 26 ށް، މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ ޓަރމިނަލް ގައި ކްލިއަރ ކޮށްފައިވާ، އަވަހަށް ހަލާކުވާ ޒާތުގެ ޖުމްލަ 1،695.328 ފްރައިޓް ޓަނުގެ މުދަލުގެ ތެރޭގައި 497.523 ފްރައިޓް ޓަނުގެ ބިސް ހިމެނޭކަމަށެވެ. އެއީ ޖުމްލަ 14،790 ކޭސް ބިހެވެ. އިންސައްތައިން ބަލާނަމަ %29.3 ބިހެވެ.

މިއަދު އޮންލައިން