ޑޮލަރުގެ އަގު އުފުލުމަކީ އެންމެންނަށްވެސް އޮތް ކަންބޮޑުވުމެކެވެ. ހަމައެކަނި ޜާއްޖެއަކު ނޫނެވެ. މުޅިދުނިޔޭގައިވެސް އެކަން އޮތީ އެގޮތަށެވެ. ރާއްޖޭގައި އެކަން ތަފާތުވެގެން މިއުޅެނީ މައްސަލައިގެ ޙަޤީޤަތް ދުރުގައި ބާއްވާފައި ސިޔާސީ ހަތިޔާރަކަށް އެކަން ބޭނުންކުރާތީއެވެ. މިހާރަކަށް އައިސް ބައެއް މީހުންގެ ޙާލު ހުރި ގޮތަކީ ނަމާދުން ފައިބައިވެސް ފުރަތަމަ ދައްކާ ވާހަކައަކަށް ޑޮލަރުގެ އަގުބޮޑުވާ މައްސަލައިގެ ވާހަކަ ދެއްކުމެވެ. މީހުން ގިނަވާ ކޮންމެ ތަނެއްގައި އެވާހަކަ ދެއްކުމެވެ. އެވާހަކަ އެގޮތަށް ދައްކަމުން ގެންދާ މީހުންނަށް ނުވިސްނި އޮންނަކަމަކީ 2008 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ލިބުނު އިރު ޑޮލަރެއްގެ އަގު ކަޅުބާޒާރުގައި ހުރީ 13 ރުފިޔާއަށްކަމާއި އެމްޑީޕީގެ ދެވަނަވެރިކަން ނިމުނުއިރު އަގުހުރީ 19 ރުފިޔާގައި ކަމެވެ. ޑޮލަރަކުން 6 ރުފިޔާ ބޮޑުވެފައިވާކަމެވެ. އެކަމަކުވެސް އެއީ ބޮޑުވުން ކަމަކަށް ޤަބޫލެއް ނުކުރެއެވެ. އެމްޑީޕީގެ ދެވަނަ ވެރިކަން ނިމިގެން ދިއައީ ކުރީގެ 40 އަހަރަށްވުރެ ބޮޑަށް ދަރަނިވެރިކުރުވައިފައެވެ. ޑޮލަރުން ނެގިލޯނިތަކެއް ދޫކޮށްފައެވެ. އެއިގެ އިތުރުން 8 ބިލިއަން ރުފިޔާގެ ފައިސާޗާޕުކޮށްފައެވެ. ވެރިކަންކުރީ ނަގާ ލޯނު ދެއްކުމުގެ ބަދަލުގައި އަޅުވެތިވާންޖެހޭ ގޮތަށް ލޯނުގެ މުއްދަތު އިތުރުކުރަމުންނެވެ. އެހެންކަމުން އިޤްޠިޞޯދީވަޒީރު މުޙައްމަދު ސަޢީދުވަނީ އެކަމުގެ ޙަޤީޤަތް ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވައިފައެވެ. މިނިސްޓަރ ސަޢީދު: ތިން ސަރުކާރެއް އަޅުގަނޑު ކޮމްޕެއާ ކޮށްލާނަން. ދެ އަހަރާއި، ފުރަތަމަ ދެ އަހަރާއި ބައިގެ ތެރޭގައި ދައްކާފަ ހުރި ދަރަނީގެ ކޮމްޕެއަރިސަން އިނގޭތޯ. 2013 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގެ ތެރޭގައި ސަތޭކަ ނުވަދިހަ އެއް މިލިއަން ޑޮލަރު ދަރަނި ދައްކާފައި މިއޮތީ. 2018 ގައި އުފެދުނު ސަރުކާރުން އެއީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ގެ ސަރުކާރުން ފުރަތަމަ ދެއަހަރާއި ބައިގެ ތެރޭގައި ހަތަރުސަތޭކަ އަށާވީސް މިލިއަން ޑޮލަރުގެ ދަރަނި އަދާ ކޮށްފައިވޭ. 2023 ގަ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އެކަނި ފުރަތަމަ ދެއަހަރާއި ބައިގެ ތެރޭގައި އެކެއް ޕޮއިންޓް ތިނެއް ނުވަތަ އެކެއް ޕޮއިންޓް ދޭއް ނުވައެއް ތިނެއް ބިލިއަން ޑޮލަރުގެ ދަރަނި އަދާކޮށްފަ އެބައޮތް އިނގޭތޯ. (އެނގިގެން މިދިއައީ އެމްޑީޕީގެ ސަރުކާރުން ލޯނަށް ދެއްކި ޢަދަދުގެ 3 ގުނައަށްވުރެވެސް އިތުރަށް މިސަރުކާރުން އެމުއްދަތުގައި ޑޮލަރުން ލޯނު ދައްކާފައިވާކަމެވެ. އެކަމުގެ ބުރަ ޑޮލަރުގެ ބާޒާރަށް ކުރާނެ ކަމެވެ. އެއީ ޗާޕުކުރި 8 ބިލިއަން ރުފިޔާއިން ކުރާ އަސަރުގެ އިތުރަށެވެ.) އަޅުގަނޑު މީގަ ފާހަގަ ކޮށްލަން މިއުޅޭ ޕޮއިންޓަކީ މީގެ ކުރިން ދުވަހަކުވެސް ވެރިކަމަކާ ބައްދަލު ނުކުރާ ހާލަތެއް ބައްދަލު ކޮށްފަ މިއޮތީ އިނގޭތޯ. އެއީ ފައިސާ ޗާޕު ކުރުމުގެ ސަޤާފަތް، ޤާނޫނު ސަސްޕެންޑް ކޮށްގެން މިކަން ކުރި. އެއީ ޚަރަދަށް ޒިންމާ ވުމުގެ ޤާނޫނު ސަސްޕެންޑް ކޮށްގެން މިކަން ކުރުމުގެ ނަތީޖާ މިއަދު މިވަނީ ބައްދަލު ކޮށްފަ. އެކްސެސް ރުފިޔާ މާކެޓް ތެރެއަށް، އަށް ބިލިއަން ރުފިޔާ ޗާޕު ކޮށްގެން ނެރުނު މައްސަލައާއި، އަދި އާމްދަނީއެއް ލިބުމެއް ނެތް ބޮޑެތި މަޝްރޫއުތައް ހިންގައިގެން އަދި ސަރުކާރުގެ ޚަރަދުތައް އިންތިހާއަށް ބޮޑު ކޮށްފަ އޮތް ސަޤަފަތެއް އައިއްސަ ކުރިމަތި ލާފައޮތީ. އަޅުގަނޑުމެންގެ ސަރުކާރުން މިއަދު ފިނޭންސް މިނިސްޓަރ އެ ވިދާޅުވިގޮތަށް މި ހުރިހާ ކަމެއްގެ ތެރެއިންވެސް ބޭއިންސާފުން އެއްވެސް ކަމެއް އެއްވެސް ދިވެހި ލޮބުވެތި ރައްޔިތަކާ ދޭތެރޭގައި ނުހެދުމަށްޓަކައި ވަޒީފާތަކުންވެސް މީހުންތަކެއް ވަތްކެއް ނުކުރެ. އިނގޭތޯ. ވަތްކެއް ނުކުރެ، ހަމަ ވަރަށް ފަރުވާތެރިކަމާއެކު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގަވެސް ތިބި މުވައްޒިފުން ހަމަ މަސައްކަތަށް ނެރެގެން މަސައްކަތްތައް ކުރެވޭތޯ ބެލީ. މިސާލަކަށް، ދެން ތިބޭފުޅުން ރާއްޖެޓީވީން ވިދާޅުވެދާނެ ކުރީ ސަރުކާރޭ ތިކިޔަނީ. ކުރީ ސަރުކާރު އެކަން ގޯސްކޮށް ކޮށްފަ އޮތީމަ ކުރީ ސަރުކާރޭ މި ކިޔަންޖެހެނީ. އެއި މިސާލަކަށް ބައެއް ކުންފުނިތަކުގެ ޕޭރޯލްގަ ވަރަށް ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން ނަގާފަ އޮތީ ނިމިގެން ދިޔަ ސަރުކާރުން އިނގޭތޯ. އެއީ އެބޭފުޅުން އޭރުގަ އެކަން ނުކުރަން މަޖްލީސްތެރޭގަވެސް އަޅުގަނޑުމެން ދެއްކިން ވާހަކަ. ދެން މިއަދަކީ މިކަހަލަ ވާހަކައެއް ދައްކަން އެންމެ ރަނގަޅު ވަޤުތެއް ނޫން ކަންނޭންގެ. އެހެން ނަމަވެސް ތި ސުވާލު ފެޝަން ކުރެއްވި ގޮތުން، ގެނައި ގޮތުން އަޅުގަނޑަށް ހީވަނީ މިވާހަކަ ކޮންމެވެސް ވަރަކަށް ދަންނަވާލުން މުހިއްމު ހެން. މިއަދު އެފަރާތްތަކަށް ލިބިދާނެ ބޭއިންސާފަކުން އެވޮއިޑް ކުރުމަށްޓަކާ ރައީސް ބޭނުންފުޅެއް ނުވޭ އެއްވެސް ފަރާތެއް ވަޒީފާއިން ވަކު ކުރައްވައިގެން ސިޔާސީ ބޭނުމެއް އޭގެން ކުރައްވާކަށް. އިނގޭތޯ. އެހެންވީމަ އެސް.އޯ.އީސް ތަކުގެ މެނޭޖްމަންޓުގައިވެސް މިހާހިސާބަށް މިގޮތަށް އާދެވުނީ އިނގޭތޯ. މިއަދު ފިނޭންސް މިނިސްޓަރަށް އެންމެ ބޮޑަށް ޖެހިވަޑައިގެންފަ އެއޮތީ މިކަންކަން ތަރުތީބު ކުރައްވަން. އެކަންކަން ވެސް އެދަނީ ކުރަމުން އިނގޭތޯ. ޚަރަދު ކުޑަކުރުމުގެ މަސެއްކަތްވެސް، އަދި ޑޮލަރު މާރުކުރުމުގެ ކަންތައްތައްވެސް، ކުންފުނިތަކުން ޕެރެލަލް މާކެޓަށް ވަދެގެން މި މައުލޫގަ، އަޅުގަނޑަށް ހީވަނީ މުޅި ކޮންފަރެންސްގެ މައުލޫއަކީވެސް އެއީ. ޕެރެލަލް މާކެޓްގައި ލައިސަންސަޑް ފަރާތްތަކާއި، ލައިސަންސް ނުނަގާ ވަގަށް މިކަން ކުރާ ފަރާތްތައް އެބަ ހުއްޓޭ. އެފަރާތްތަކަށް ޑޮލާސް ހޯސް ކުރަނީ ކޮންފަރާތްތަކަކުން ކަން، ހޯމް މިނިސްޓަރުގެ ވާހަކަފުޅުގަ އެ ވިދާޅުވީ ބަލަމުންދާ ކަންތައްތަކުގެ އެބައިނގޭ. އެހެންމަ ރައީސުލް ޖުމްހޫރިއްޔާ އެކި ފޯރަމްތަކުގައި ދައްކަވާފަ ހުރި ވާހަކަފުޅުތަކާއި އެބަ ގުޅޭ. މިކަންކަން ހައްލު ކުރުމަށްޓަކާ ސަރުކާރުންވެސް މަސެއްކަތްތަކެއް ކުރާނެ. މިއަދުގެ މުޅި މައުލޫގަ މި އަންނަނީ ސެންޓްރަލް ބޭންކުގެ ގަވަރނަރ ނުވަތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރ، އެމަނިކުފާނަށް ޤަބޫލު ކުރެވޭ ބައެއް ކަންތައްތަކުގަ ސްޓަރަކްޗަރަލް ބޮޑެތި ބަދަލުތަކެއް ގެންނަން ހުރީމާ، އެކަންކަމާ ބެހޭ ވާހަކަތަކެއް ހިއްސާކުރައްވަން. ދެން އަޅުގަނޑުމެންނަށް އެ ދަޢުވަތު ދެއްވީމަ އަޅުގަނޑުމެން އައިސް މިތާގަ މިތިބީ އިނގޭތޯ. އެހެންވީމަ މިއަދުގެ މައުލޫއަށް ސްޓިކް ކުރެއްވުން ހަމަ އަޅުގަނޑަށް ވަރަށް ބޮޑަށް ފެނޭ. ފިނޭންސް މިނިސްޓަރގެ ބަސްފުޅު: ފިނޭންސް މިނިސްޓްރީއަކުންނެއް ނޫން ދެއްތޯ މީހުން ކުއްވެރިވޭތޯ ނުވޭތޯ ކަނޑައަޅާނީ ބޮޑަށް. މި ޤާނޫން އިމްޕްލިމެންޓް ކުރުމުގެ ޒިންމާ މީ މަނިޓަރީ ސިޔާސަތެއް. މަނިޓަރީ އޮތޯރިޓީން އެކަން ކުރައްވާނީ. ދެން އެސް.އޯ.އީސް ތަކުން އެ ކަޅުބާޒާރުން ގަންނަންޏާ އަޅުގަނޑުމެން ހުއްޓުވާނެ. އެކަން މިހާރުވެސް ހުއްޓުވަން. އެހެންވީމަ، ދެން އަނެއްކާ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ ކަޅުބާޒާރެއް އޮތް ކަމާއި، ކަޅު ބާޒާރުގަ ޑޮލަރު ވިއްކާކަން އެނގޭ ކޮންމެ މީހަކު ކުއްވެރި ވަންޏާ، ނޫނީ އެވާހަކަ ބުނާ ކޮންމެ މީހަކު ކުއްވެރި ވަންޏާ އަޅުގަނޑުމެން އެންމެން ކުއްވެރިވެފަ ތިބޭނީ ދެއްތޯ. އެހެންވީމަ އެގޮތަކަށް ވާ ކަމެއް ނޫން ކުއްވެރި ވުމަކީ ދެއްތޯ. އެކަން އިނގޭ މީހަކު ކުއްވެރިވެ، އެވާހަކަ ބުނާ މީހަކު ކުއްވެރިވާން ފަށައިފިއްޔާ އެންމެން ކުއްވެރި ވަފަނޫންތޯ ތިބޭނީ. އެ ސުވާލު އެގޮތަށް އަޅުގަނޑަށް ވިސްނުނީ. -- ޑޮލަރުގެ އަގު ތިރިކުރެވޭނެ ގޮތްތައް ހޯދަން މިސަރުކާރުން މިހާރު މިކުރާވަރަށް މަސައްކަތްނުކުރާނަމަ މިހާރުވެސް އޮންނާނީ 25 ރުފިޔާއަށްވުރެ މަތިވެފައެވެ. ޑޮލަރުގެ އަގު ތިރިކުރަން ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކުގެ ނަތީޖާ ފެނުމަށް ވަޤުތުކޮޅެއް ނަގައިފާނެއެވެ. އެންމެ މުހިންމީ އެމްއެމްއޭގެ ބާރާއި ކޮންޓްރޯލް އޮވެގެން ބައަކަށް ނުވިކި މައްސަލަ ޙައްލުވުމެވެ. އެކަމަށް ސަރުކާރުން ގެންދަނީ ޔަޤީންކަން ދެމުންނެވެ.