ހުކުރުދުވަހުގަ ދުޢާ ޢިޖާބަކުރައްވަވާ ވަޤުތުކޮޅެއްވޭ!: ބޯހިޔާވަހިކަމަށާ އެހެންވެސް ކަންކަމަށް އެދި މިފަދަ ދުޢާތައް ކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ހުކުރުދުވަހުގަ ދުޢާ ޢިޖާބަކުރައްވަވާ ވަޤުތުކޮޅެއްވޭ!: ބޯހިޔާވަހިކަމަށާ އެހެންވެސް ކަންކަމަށް އެދި މިފަދަ ދުޢާތައް ކުރައްވާ!

ޔާ ﷲ! އަޅަމެންގެ ދަރިންނަކީ އިނބަ ﷲ ގެ ދީންމަތީގައި ޘާބިތުވެ ތިބޭނެ ބައަކު ކަމުގައި މިންވަރުކުރައްވަވާނދޭވެ! އާމީން 

ޔާ ﷲ! އަޅަމެންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއްކަމަކީ އަމިއްލަ ބޯހިޔާވަހިކަމެއް ނެތުމުން އުޅެންޖެހިފައިވާ ދަތިކަމެވެ. ކުއްޔަށް ދަކަންޖެހޭ ޢަދަދު ބޮޑުކަމުން ދިރިއުޅުމަށް ކުރަންޖެހޭ ޚަރަދުތައް ނުކުރެވޭ ކަމެވެ. އަޅަމެންނަށް ކުރިމަތިވެފައިވާ މިޙާލަތުން އަޅަމެން ސަލާމަތްކޮށް ދެއްވަވާނދޭވެ! އާމީން 

ހިތްތައް އެފުށްމިފުށައް ޖައްސަވާ އިލާހްއެވެ. އިބަ އިލާހުގެ ދީނުގެމަތީގައި މިއަޅާގެ ހިތް ޘާބިތުކޮށްދެއްވާފާންދޭވެ. އާމީން.

ހައްދަވާގެންގުޅުއްވާ އިލާހްއެވެ. އިބަ އިލާހުގެ ތަނަވަސް ރަޙްމަތްފުޅުން, އިބަ އިލާހުގެ ޞާލީޙް އަޅުންގެތެރެއިން އަޅަމެން ލައްވާފާންދޭވެ. އާމީން 

ހައްދަވާގެންގުޅުއްވާ އިލާހްއެވެ! އިބަ އިލާހުގެ ޙަޟްރަތުން އަޅަމެންނަށް ރަޙްމަތެއް ދެއްވަވާފާންދޭވެ. އަދި އަޅަމެންގެ ކަންތަކަށް ސީދާގޮތެއް އަޅަމެންނަށް ފަހިކޮށްދެއްވާފާންދޭވެ. އާމީން  

ހައްދަވާގެންގުޅުއްވާ އިލާހްއެވެ!. އަޅަމެންނަށް ތެދުމަގު ދެއްކެވުމަށްފަހުގައި, އަޅަމެންގެ ހިތްތައް ޙައްޤުން އެއްކިބާނުކުރައްވާފާންދޭވެ. އަދި އަޅަމެންނަށް އިބަ އިލާހުގެ ޙަޟްރަތުން ރަޙްމަތެއް ދެއްވާންދޭވެ. ހަމަކަށަވަރުން އިބަ އިލާހީ ގިނަގުނަ ނިޢްމަތްތައް ދެއްވާ އިލާހެވެ. އާމީން. 

ހުކުރު ދުވަހުގައި ދުޢާ ޢިޖާބްކުރެއްވެވުމަށް ޚާއްޞަވެގެންވާ ވަޤުތުކޮޅެއް ވެއެވެ. އެވަގުތުކޮޅުގައި ދުޢާކުރެވިއްޖެނަމަ ވަގުތުން ޢިޖާބަ ކުރައްވަވާނެތެވެ. އިން ޝާ ﷲ. އެވަގުތުކޮޅަކީ ކޮބައިކަން އެނގޭކަށް ނެތެވެ. ގިނަ ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި އެވަގުތުކޮޅުވަނީ ޢަޞްރުނަމާދާއި އިރުއޮއްސުމާއި ދެމެދުގައެވެ. އަދި އެންމެ ފަހު ސާޢަތުގައިކަމަށްވެސް ބައެއް ޢިލްމްވެރިން ބަޔާންކުރައްވައެވެ.

 

- މިއަދުނޫސް  

 

 

މިއަދު އޮންލައިން