ބުރައަކާއެކުވެސް ޝައިޠޯނާ އެންމެ އުފާވާ ކަންތައް ނުކޮށް ކެތްތެރިވެލާ އަޅުންނަށް ﷲ ލައްވަވާ ރަޙުމަތް މާބޮޑުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ބުރައަކާއެކުވެސް ޝައިޠޯނާ އެންމެ އުފާވާ ކަންތައް ނުކޮށް ކެތްތެރިވެލާ އަޅުންނަށް ﷲ ލައްވަވާ ރަޙުމަތް މާބޮޑުވާނެ! އިން ޝާ ﷲ

ކައިވެނީގައި ދަރިން ލިބުމަށްފަހު ދެމަފިރިންނަށް އެކުގައި އުޅެވޭނެ އެއްވެސް ގޮތެއް ނެތުމުން ނޫންގޮތަކަށް ކައިވެނިރޫޅައިލާއިރު ތިމާއަށް މިކުރެވެނީ ކޮންކަމެއްކަމާއިމެދު ވިސްނާށެވެ. ތިމާއަށް މިކުރެވޭ ކަންތަކުގެ ސަބަބުން ދެންވާނެ ގޮތެކެވެ. ތިމާޢަށް އެހީތެރިމިވެވެނީ ކޮންއެއްޗަކަށް ކަމެވެ.  

އެއްވެސް ޝައްކެއް ނެތެވެ. އެމީހަކަށް އެހީތެރިއެވެވެނީ ޝައިޠޯނާއަށެވެ. ތިމާއަށް އެކުރެވެނީ ޝައިޠޯނާ އެންމެ އުފާވާނެ ކަންތަކެވެ. ދެން ބަލައިލަންވީ އެކަމަށް ޝައިޠޯނާ އެހާބޮޑަށް އުފާވަނީ ކީއްވެގެންކަމާއިމެދުގައެވެ.

މިޘާލަކަށް ބުނާނަމަ ވައްކަންކުރުން، ޒިނޭކުރުން، މިފަދަ ކޮންމެ ފާފައެއް ކުރިނަމަވެސް ފާފަވެރިވާނީ އެކަންކުރި މީހެކެވެ. ނަމަވެސް ކައިވެންޏެއް ރޫޅައިލެވިއްޖެނަމަ މުޅި މުޖުތަމަޢުއަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެއެވެ. ރޫޅޭ ކޮންމެ ކައިވެންޏަކާއި ގުޅިގެންވެސް ޝައިޠޯނާގެ ބަހަށް ހެއްލެވި ފާފަކުރާނެ ގިނަ ބައަކު އުފެދިގެންދާނެއެވެ.  

މާނައަކީ އެކަމުގެ ތެރެއިން އެތައް ބައިވަރު ފާފަތަކެއް ކުރެވިގެންދާނެއެވެ. އެޙާލަތުން ސަލާމަތްވެވޭނީ މަދުމީހަކަށެވެ. ވީމާ ޝައިޠޯނާއަށް ލިބިގެންއެދަނީ އޭތީގެ ފިހާރައިން ވިޔަފާރިކުރާނެ ގިނަ ކަސްޓަމަރުންތަކެކެވެ. އެމީހެއްގެ ފިހާރައިން ވިޔަފާރިކުރާ ކަސްޓަމަރުން ގިނަވާވަރަކަށް އުފާނުވާނީ ކާކުހެއްޔެވެ؟  

އާދޭސްކޮށްފައި ބުނަމެވެ. ދަރިން ލިބުމަށްފަހު އެކުގައި އުޅެވޭނެ އިތުރު އެއްވެސް ގޮތެއް ނެތިގެން ނޫނީ ވަރިނުކުރާށެވެ. އަދި ވަރިނުވާށެވެ. ހިތް ނުއެދޭ އެތައް ކަމެއް އަބަދުވެސް ކުރިމަތިވާނެއެވެ. އިތުރު ކައިވެންޏެއް ކުރިނަމަވެސް ކޮންމެވެސް މައްސަލަތަކެއް ކުރިމަތިވާނެއެވެ. ފަހަރެއްގައި ތަފާތުވާނީ ކުރިމަތިވާ މައްސަލަތަކެވެ.  

ކުރިމަތިވާ ކަންބޮޑުވުންތަކަށް ކެތްތެރިވާށެވެ. ޛިކުރުކުރުން ގިނަކުރާށެވެ. ހިތަށް ހަމަޖެހުން ދެއްވެވުން އެދިގެންދުޢާކުރާށެވެ. ކުރިމަތިވާ މައްސަލައިން ސަލާމަތްކޮށްދެއްވެވުން އެދިގެންވެސް ދުޢާކުރާށެވެ. އެމީހަކަށް މަގެއް ދައްކަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން