ތަނަވަސްކަން ލިބިހުރެވެސް ބޮޑާވެވޭ މީހުންނަށް އެދެވެނީ ނަރަކައާ ދިމާއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ތަނަވަސްކަން ލިބިހުރެވެސް ބޮޑާވެވޭ މީހުންނަށް އެދެވެނީ ނަރަކައާ ދިމާއަށް!

ބައެއް އަވަށްތަކަކީ (ރާއްޖޭގައި ނަމަ ރަށްރަށަކީ) އެހައި ތަނަވަސް ރަށްތަކެއް ނޫނެވެ. ވީމާ  ދިރިއުޅުމުގެ ފެންވަރުވެސް ތަފާތުވާނެއެވެ. ދެރަ ނިކަމެތި ޙާލުގައި ދިރިއުޅޭ މީހުން ގިނަވާނެއެވެ. އެކަމަކު ބުނަން ހެއްޔެވެ؟

އެފަދަ މުޖުތަމަޢުތަކުގައި ދަރަނިވެރިން ވަރަށް މަދުވާނެއެވެ. އެއީ އެއިގެ ތެރެއިން ގިނަބައަކަށް އާދަވެފައި ހުންނާނީ ލިބޭ މިންވަރަކުން ފުއްދައިގެން ދިރިއުޅެންކަމަށްވާތީއެވެ.  

ތިބާ ގޮސްހުރީ ޙާލަތުގެ ގޮތުން އެހައި ތަނަވަސްކަންބޮޑު އަވަށަކަށް (ރަށަކަށް) ކަމަށްނުވެދާނެއެވެ. ނަމަވެސް ތިބާގެ ޖީބުގައި ތަނަވަސްކަން ހުރެދާނެއެވެ. މާނައަކީ ތިބާއަކީ ތަނަވަސްކަންހުރި މީހަކަށްވެދާނެއެވެ. އެހެންކަމަށްވެއްޖެނަމަވެސް ކިބުރުވެރިވެ ބޮޑާވެގެން ނުއުޅޭށެވެ. އަދި ކީއްހެއްޔެވެ؟ ތަނަވަސް (އަވަށަކަށް (ރަށަކަށް) ދެވުނު ނަމަވެސްމެއެވެ. ސަބަބުތައް ބައިވަރެވެ.  

ތިމާ، ތިމާމެންވަރުގެ ބައަކު ނެތްކަމަށް ދެކެ ކިބިރުވެރިވެ ބޮޑާވާއިރު ކިބުރުވެރިކަމާ ބޮޑާކަމަކީ ނަރަކައިގެ އަލިފާނެވެ. އެފަދަ މީހުން އެކަން ދޫކޮށް ނުލައިފިނަމަ ﷲގެ ޙަޟްރަތުގަ އެމީހުންގެ ދަރަޖައަކީ ބަލިކަށިކަމާއިއެކު ބިމުގައި ފުރޮޅޭ ފަނިފަކުސައިގެ ދަރަޖައެވެ!  

މިއީ ޞަޙީހް ޙަދީޘްފުޅުން އެނގެން ހުރި ކަންކަމެވެ. ވީމާ ނަރަކައިން ސަލާމަތްވުމަށް އެދޭ މީހާ މިފަދަ ސިފަތައް ދޫކޮށްލަން ޖެހެއެވެ. ތަނަވަސްކަން ދެއްވަވައިފިނަމަ ދީލަތިކަން އިސްކުރާށެވެ. ޝުކުރުވެރިވުމަކީ އެއީއެވެ. ޝުކުރުވެރިވާ އަޅުންނަށް ﷲ ތަޢާލާ ނިޢުމަތްތައް އިތުރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން