އެމްޑަބްލިޔުއެސްސީގެ އައު އޮޑިޓޯރިއަމް ރަސްމީކޮށް ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
އެމްޑަބްލިޔުއެސްސީގެ އައު އޮޑިޓޯރިއަމް ރަސްމީކޮށް ހުޅުވައިފި

މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ އައު އޮޑިޓޯރިއަމް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. މިއީ އެ ކުންފުނީގައި މިފަދަ އޮޑިޓޯރިއަމެއް ގާއިމްކުރި ފުރަތަމަ ފަހަރެވެ.

އަލަށް ހުޅުވުނު މި އޮޑިޓޯރިއަމަކީ 425 މީހުންގެ ޖާގައިގެ ކޮންފަރެންސް ރޫމަކާއި، 28 މީހުންގެ ޖާގައިގެ ބޯޑް ރޫމެއް ހިމެނޭ ގޮތަށް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެކެވެ.

އޮޑިޓޯރިއަމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ އާއި، ބޯޑު މެންބަރުންގެ އިތުރުން އެ ކުންފުނީގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ޝައިޚް އަޙްމަދު ސަމީރު ވަނީ އެއްބައިވަންތަކަމުގެ މުހިންމުކަމުގެ މައްޗަށް ދީނީ ދަރުސެއް ދެއްވާފައެވެ. މި ދަރުސްގައި އީމާންތެރިކަމާއި، އޯގާތެރިކަމާއި އަދި އެކަކު އަނެކަކަށް އިޙްތިރާމްކޮށްގެން އެކަތިގަނޑެއްގެ ގޮތުގައި ތިބުމުން ލިބޭ ބާރުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މީގެއިތުރުން، އާއިލާތަކާއި، މަސައްކަތުގެ މާހައުލުގައި އަދި މުޖުތަމައުގައި ގުޅުންތައް ބަދަހިކުރުމާއި، އެކަކު އަނެކަކަށް އެހީތެރިވެ އެއްބައިވަންތަކަން ގާއިމްކުރުމުގެ މުހިންމުކަންވެސް ޝައިޚްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން