އެންޓިބަޔޮޓިކްސް ކެއުމުގަ ސަމާލުކަންދޭންޖެހޭ ބައެއް ކަންކަން!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
އެންޓިބަޔޮޓިކްސް ކެއުމުގަ ސަމާލުކަންދޭންޖެހޭ ބައެއް ކަންކަން!

ޢަލީ އިޙްޞާން ފިރާޤް

 

ކޮންމެ ކަމެއްގައިވެސް އެންމެ މުހިންމު ކަމަކީ އެކަމެއްކުރަން އޮންނަ ވަޤުތުގައި އެކަމެއް ކުރުމެވެ. އެންޓިބައޮޓިކްސް ކެއުމަކީ ވރަށް ބޮޑަށް ވަޤުތަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. އެހެންކަމާއިއެކުވެސް ހަނދާންނެތިގެން އެންޓިބަޔޮޓިކް ގަޑިއަށް ނުކެވިއްޖެނަމަ ހަނދާންވި އެންމެ އަވަހަށް ބޭސް ކާނީއެވެ. ނަމަވެސް ދެން ބޭސް ކާންވީ ވަގުތު ކައިރިވެފައިވާނަމަ މިސްވި ޑޯސޭޖްނަގާކަށް ނުޖެހޭނެއެވެ. ދެން ބޭސް ކާގަޑިއާ ދިމާކޮށްފަ ކުރިން ގަޑިން ގަޑިޔަށް ބޭސް ނެގިގޮތަށް ކުރިއަށް ގެންދާނީއެވެ.  

އެންޓިބަޔޮޓިކްސްއަކީ ބެކްޓީރިއާގެ ސަބަބަބުން ޖެހޭ އިންފެކްޝަންތަކަށް ދޭ ބޭހެވެ. އެންޓިބަޔޮޓިކްސްގެ ތެރޭގައި ބެކްޓީރިއާ މަރާލާ ވައްތަރަކާއި ބެކްޓީރިއާ ގިނަވެ އިތުރުވުން ހުއްޓުވާ ވައްތަރު ހުރެއެވެ. 

އަމިއްލައަށް އެންޓިބަޔޮޓިކްސް ނަގައިގެން ބޭނުން ކުރުމާއި، އެހެން މީހަކަށް ދީފައި ހުންނަ އެންޓިބަޔޮޓިކް ބޭނުން ކުރުމަކީ ރައްކާތެރި ގޮތެއް ނޫނެވެ. ނަހަމަ ގޮތުގައި އެންޓިބަޔޮޓިކްސް ބޭނުން ކުރުމުގެ ސަބަބުން އޭގެ ނުރައްކާ އެންމެނަށް ފޯރައެވެ. ބޭނުންނުވާ ހާލަތްތަކުގައި އެންޓިބަޔޮޓިކްސް ބޭނުންކުރުމުން ޖަރާސީމު އެންޓިބައޮޓިކަށް ނުގުޑާ ގޮތްވެއެވެ.

 

 

މިއަދު އޮންލައިން