ހަނދުމަކޮށްދިނުމެއް!: ނަމާދު ފުރިހަމަ ގޮތުގަ ކުރެވޭނީ ކޮންމެ ނަމާދަކަށްފަހު އެނަމާދު ކުރެވުނު ގޮތާއިމެދު ވިސްނާ މީހަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ހަނދުމަކޮށްދިނުމެއް!: ނަމާދު ފުރިހަމަ ގޮތުގަ ކުރެވޭނީ ކޮންމެ ނަމާދަކަށްފަހު އެނަމާދު ކުރެވުނު ގޮތާއިމެދު ވިސްނާ މީހަކަށް!

ކޮންމެ ކަމަކާ ގުޅިގެންވެސް ނަފްސު ހިސާބުކުރުން އެބައޮވޭ!

ނަފްސު ހިސާބު ކުރުމަކީ ލޮބުވެތި އަޚުންނާ އުޚްތުންނޭ! ވަރަށް ފައިދާ ބޮޑުކަމެއް! ސާބިތުކަމާ އެއްކޮށް ރަގަޅު މަގުގާ ހުންނަން ބޭނުންމީހާ ކޮންމެހެން ކުރަންޖެހޭ ކަމެއް، އެއީ ތަޤްވާވެރިންގެ ސިފައެއްގެ ގޮތުގާ ޢިލްމުވެރިން ވިދާޅުވެފައިވޭ!  

އެއީ ތަޤްވާވެރިމީހުންގެ ގޮތެކޭ އެމީހުން ކުރާކަންތައްތައް ހިސާބުކުރަމުންދާތީ، ފައިދާތަކަށް ބަލާލާއިރުގާ ނަފްސު ހިސާބު ކުރާމީހެއް އެމީހާގެ ޢަމަލުތައް ހިސާބުކުރާމީހެއްގެ ޢަމަލުތައް  ހުންނާނީ އޭގެން ލިބޭ ފައިދާތަކަށް ބަލާލާ އިރުގާ އެމީހާގެ އެ ޢަމަލުތަކުގައި ހުންނަ އުނި ކަންތައްތައް އޭނާ ދެނެގަންނާނެ،

އަޅުގަނޑު ކުރިން ދެންނެވިހެން މިސާލަކަށް ނަމާދުކުރެވުނީ އެނަމާދުގާ އުނިކަމެއް ހުރިއްޔާ އެކަންފާހަގަކުރެވިގެން އެކަން ރަގަޅުކުރަން މަސައްކަތްކުރާނެ. ހަމަ އެގޮތަށް މިސާލަކަށް ޖަމާޢަތުގަ ނަމާދު ގެއްލެނީ އެހެން ވެއްޖިއްޔާ އެކަމަށް އޭނަ ސަމާލުވާނެ. ނުވަތަ އޭނަޔަށް ކީރިތި ޤުރްއާން ކިޔެވޭލެއް މަދުވަނީ އެހެން ވެއްޖިއްޔާ އޭނަ ނަފްސު ހިސާބު ކުރީމަ އެކަންކަން ރަގަޅު ކުރުމުގެ ފުރުޞަތު އޭނަޔަށް ލިބިގެންދާނެ. އަމިއްލަ ނަފްސްގަ ހުންނަ އުނިކަންކަން އެމީހާ އަމިއްލަޔަށް ދެނެގަނެވޭނެ.  

ބޭފުޅުންނޭ! އެހެންމީހުންގެ އުނިކަންކަން ހޯދައިގެން އެވާހަކަތައް ދައްކައިގެން ނުވަތަ އެވާހަކަތައް ފަތުރައިގެން އެކަންކަމައިގެން އުޅުމަށްވުރެން ތިމާއަށް ފައިދާބޮޑީ ތިމާގެ އަމިއްލަ ނަފްސްގެ ހުންނަ އުނި ކަންތައްތައް ހޯދައިގެން އެކަންކަން ރަގަޅުކުރެވޭތޯ އުޅުނިއްޔާ. އެކަމަކު އަޅުގަނޑުމެންނަށް މިވަނީ އެހެންގޮތެއް އަޅުގަނޑުމެންގެ އަމިއްލަ ނަފްސްގަ ހުންނަ އެއްވެސް އައިބެއް އެއްވެސް އުނި ކަމެއް އެއްވެސް ގޯހެއް ފާހަގަނުކުރެވޭ މުޅިންވެސް އެހެންމީސްމީހުންގެ އައިބާ އެހެން މީސްމީހުންގެ އުނި ކަންކަމާ އެހެންމީހުންގެ ގޯސްކަން އަޅުގަނޑުމެންނަށް ފާހަގަވާތަން އަންނަނީ. އެހެންވީމާ މީ އަޅުގަނޑުމެން ރަގަޅުކުރަންޖެހޭ ކަމެއް.

 

- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން

 

މިއަދު އޮންލައިން