ނަމާދުގަ މީހުން ކުރާ ކަންކަމަށް ފާޑުކިޔަންވާނީ އެނގިހުރެގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ނަމާދުގަ މީހުން ކުރާ ކަންކަމަށް ފާޑުކިޔަންވާނީ އެނގިހުރެގެން!

މިހާރަކަށް އައިސް ކަންކަން އެމީހަކަށް ވިސްނެނީ އެންމެ ރަނގަޅަށް ކަމަށް ޤަބޫލުކޮށް އެހެން މީހުންނަށް ފާޑުކިޔުން އަންނަނީ ގިނަވަމުންނެވެ. ފާޑުކިޔަމުންގޮސް މީހުން ނަމާދުކުރާ ގޮތަށާއި ނަމާދުގައި ކުރާ ކަންކަމަށްވެސް އެބަ ފާޑުކިޔައެވެ.  

ފާޑުކިޔަންވާނީވެސް އަދި ނަބީޙަތްދޭންވާނީވެސް ކަންކަން އެނގިހުރެގެންނެވެ. ނޫންނަމަ އެކަމުން އުފެދޭނީ ފިތުނައެވެ. މިގޮތުން ފާހަގަކުރެވޭ އެއްކަމަކީ ނަމާދުގައި އައްތަޙިއްޔާތުކިޔާއިރު އިނގިލި ތެޅުވުމެވެ. އެކަން އޮތްގޮތް ދަސްކޮށްލަމާ ހިނގާށެވެ!  

ސުވާލު:. އައްތަޙިއްޔާތުގާ އިންނައިރު އެބަފެނޭ ބައެއްބޭފުޅުން ޝަހާދަތް އިގިލި ތަޅުވާތަން އެއީ އަޞްލު ކޮންކަހަލަ ކަމެއްތޯ؟ އޭގެ ޙިކުމަތަކީ ކޮބައިތޯ؟ 

ޖަވާބު:. ޝަހާދަތް އިގިލި ތެޅުވުމަކީ އެއީ ހަމަ ވަރަށް ރަގަޅު ސާބިތު ކަމެއް. އައްތަޙިއްޔާތުގަ އިންނަ އިރުގައި ޝަހާދަތްއިގިލި ތަޅުވަމުން  އައްތަޙިއްޔާތު ފެށިގެން ނިމެންދެން ޝަހާދަތް އިގިލި ތަޅުވަމުން ގެންދިއުން އެއީ ސުންނަތުން ސާބިތުވާ ކަމެއް.

- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  

މިފަދަ ކަންކަން ތިމާއަށް އޮޅުން ނުފިލާނަމަ ނުވަތަ ޝައްކުވާނަމަ ޢިލްމްވެރިންގެ ގާތުން އޮޅުންފިލުވާށެވެ. ޝައިޚުގެ ބަސްފުޅުން އެނގިގެންދަނީ އިނގިލި ތެޅުވުމަކީ އެމީހަކު ބޭނުންވާވަރަކަށް ކުރެވިދާނެ ކަމެއް ކަމެވެ.

 

މިއަދު އޮންލައިން