ކެތްކުރަން އެންމެ އުނދަގޫވެގެން އުޅެންޖެހޭ ތަދުތަކުގެ ތެރެއިން ދަތުގައި ރިހުމަށް ކުޑަވަޤުތުކޮޅެއްގެ ތެރޭގަ ލުއިލިބޭ ފަރުވާއެއް!

ކިޔުމަށް ހޭދަވާނީ 1މ 9ސ
ކެތްކުރަން އެންމެ އުނދަގޫވެގެން އުޅެންޖެހޭ ތަދުތަކުގެ ތެރެއިން ދަތުގައި ރިހުމަށް ކުޑަވަޤުތުކޮޅެއްގެ ތެރޭގަ ލުއިލިބޭ ފަރުވާއެއް!

ސިއުޒާ

 

ކުއްލިއަކަށް ދަތުގައި ރިއްސަން ފަށައިފި ނަމަ، އިތުރަށް ގޯސް ވުމުގެ ކުރިން މިކަންކަން ކޮށްލައްވާށެވެ! ޢާންމު ގޮތެއްގައި ފަސްވަރަކަށް މިނެޓަށްވުރެވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަސަރު ކުރާނެއެވެ.

ރިއްސާ ދަތާއި ދިމާލުން ކަރަންފޫ ހެފުން، ނުވަތަ އައިސްޕެކް ޖެއްސުން ފަދަ ކަންކަން މިހާރުވެސް ގިނަބައަކު ކުރެއެވެ. އެހެންނޫންތޯ؟ އެކަމުންވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެއެވެ. އެހެނަސް މި ގެނެސްދެނީ އެއަށްވުރެވެސް ރަނގަޅު ފަރުވާއެކެވެ. 

ބޭނުންވާނެ ތަކެތި:

-      200 މިލި ލީޓަރުގެ ހޫނު ފެން

-      2/1 ސައި ސަމުސާ ލޮނު

-      ކުޑަ ލުނބޯ ހުތް ފޮދެއް

-      އިނގިލި ކުރިން ހިފާލެވޭ ވަރުގެ ބޭކިން ސޯޑާ ކޮޅެއް 

ހޫނު ފެންފޮދުގެ ތެރެއަށް ލޮނާ ލުނބޯ ހުތް އަދި ބޭކިން ސޯޑާކޮޅު އަޅާލުމަށް ފަހު އެއްކޮށްލާށެވެ.  

އަނގައަށް ފެން ފޮދު އަޅާލުމަށްފަހު 30 ސިކުންތު ވަންދެން އަނގަ ދޮވެލާށެވެ. އެއަށްފަހު އުކާލާށެވެ. 2 ފަހަރު ތަކުރާރުކޮށްލާށެވެ!  

މިއީ ބެކްޓީރިއާ ނައްތާލަދީ  އެސިޑިޓީ ދައްކޮށްދީ އަދި އިންފްލެމޭޝަނަށް ވެސް ރަނގަޅު ފަރުވާއެކެވެ. ރިހުން ނެތި ގޮސް އަނގައިގެ ތާޒާކަން ގެނެސްދެއެވެ.

 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

 

 

މިއަދު އޮންލައިން