އަޅުގަނޑުމެންގެ ލޮބުވެތި ޤައުމާއިމެދު ވިސްނާލައި އެންމެ ފަހަރަކުނަމަވެސް އެންމެންނަށްޓަކައި މިފަދަ ދުޢާއެއް ކޮށްލަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
އަޅުގަނޑުމެންގެ ލޮބުވެތި ޤައުމާއިމެދު ވިސްނާލައި އެންމެ ފަހަރަކުނަމަވެސް އެންމެންނަށްޓަކައި މިފަދަ ދުޢާއެއް ކޮށްލަމާ!

އަޅުގަނޑުމެންގެ މިލޮބުވެތި ޤައުމާއިމެދު ވިސްނާލައި އެންމެ ފަހަރަކު ނަމަވެސް މިފަދަ ދުޢާއެއްކޮށްލަމާތޯއެވެ! އަޅުގަނޑުމެންގެ ހިތްތަކުގެ އެންމެ ފުންމިނުންނެވެ! 

بِسْمِ ٱللَّهِ

އޭ ﷲ! އަޅަމެންގެ ލޮބުވެތި މިޤައުމަށް ބަރަކާތް ލައްވަވާންދޭވެ.

އޭ ރައްބު! މި ރީތި ބިމަށް ރަޙްމަތް އޮއްސަވާންދޭވެ.  

ޤައުމުގެ ކުރިއެރުމަށް އެޅިފައިވާ ހުރަސްތަކާއި ކޮރަޕްޝަނާއި، ނާއިންސާފާއި، ފަސާދަ އާއި، މަސްތުވާތަކެއްޗާއި ދިރިއުޅެންޖެހިފައިވާ ދަތިޙާލުން މިންޖުކުރައްވަވައި އެ ވޭން ރަޙްމަތަށް ބަދަލުކޮށްދެއްވަވާންދޭވެ! އެކަންކަމުގެ ބިރުވެރިކަން ރައްކާތެރިކަމަށް ބަދަލުކޮށްދެއްވަވައި އަދި އެ އުނދަގޫތައް ފަސޭހަ ކަމަށް ބަދަލުކޮށްދެއްވަވާންދޭވެ. އަދި އެންމެހައި ދިވެހިރައްޔިތުން އީމާންކަމުގައި ވަރުގަދައަށް ޘާބިތުކޮށްދެއްވަވާނދޭވެ!  

އެއްބައިވަންތަކަމާއި، ތެދުވެރިކަމުގައި ޘާބިތުކަން ދެއްވަވައި ހަރާމް ކަންކަމުންނާއި، މަގު ގެއްލި ދިޔުމުންނާއި، މުސްތަޤްބަލް ގެއްލިދިޔުމުން ރައްކާތެރި ކޮށްދެއްވާންދޭވެ. އިސްލާމްކަމުގެ ނޫރުން  ޤައުމުގެ ހުރިހާ ދިމާއަކަށް އަލިކަންދެއްވާންދޭވެ. 

އޭ ﷲ! އެންމެހައި ނުބައިކަމުން ރައްކާތެރިކަން ދެއްވާންދޭވެ. އަދި ކުރިމަތިވާ މުޞީބާތްތަކުން  އަރައިގަތުމަށް މަސައްކަތްކުރުމުގެ ހިތްވަރު ދެއްވާންދޭވެ. އަދި އިނބަ އިލާހުގެ ސީދާ މަގުން ހިނގުމުގެ ތައުފީޤު ދެއްވާންދޭވެ.  އާމީން. 

މިދުޢާ ލިޔެފައި މިވަނީ މުފްތީ މެންކް ކުރައްވާފައިވާ ދުޢާއެއް އަޞްލަކަށް ބަލައިގެންނެވެ.

 

- މިއަދުނޫސް

 

މިއަދު އޮންލައިން