ފަލަސްތީނުގެ ރައްޔިތުންގެ ޙައްގުގައި ވަކާލާތު ކުރުމުގައި ރާއްޖޭން އަބަދުވެސް ދެމިތިބޭނެ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 51ސ
ފަލަސްތީނުގެ ރައްޔިތުންގެ ޙައްގުގައި ވަކާލާތު ކުރުމުގައި ރާއްޖޭން އަބަދުވެސް ދެމިތިބޭނެ: ވަޒީރު

ފަލަސްތީނުގެ ރައްޔިތުންގެ ޙައްގުގައި ވަކާލާތު ކުރުމުގައި ދިވެހިރާއްޖޭން އަބަދުވެސް ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ސައުދި ޢަރަބިއްޔާގެ ޖިއްދާގައި ކުރިއަށްދިޔަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ ޚާއްޞަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވަމުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެކަމަނާގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، ފަލަސްތީނުގެ ރައްޔިތުން ތަޙައްމަލު ކުރަމުންދާ ހިތާމަތަކާއި ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުމާ ގުޅޭގޮތުން އިސްލާމީ ޤައުމުތަކުގެ މަންދޫބުންނާއެކު މުހިންމު މަޝްވަރާތަކެއް ކުރުމުގެ ފުރުޞަތު ލިބިވަޑައިގެންނެވި ކަމަށްޓަކައި ޝުކުރުވެރިވާ ކަމަށެވެ.

ހަމައެއާއެކު، ފަލަސްތީނުގެ ރައްޔިތުންގެ ވަކިނުކުރެވޭނެ އަސާސީ ޙައްގުތަކުގެ ދިފާޢުގައި ވަކާލާތު ކުރުމުގައި ރާއްޖެއިން އަބަދުވެސް ފަސްޖެހުމެއްނެތި، ސާބިތުކަންމަތީ ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ޚާރިޖީ ވަޒީރު ވަނީ ތަކުރާރު ކުރައްވާފައެވެ.

މިއަދު އޮންލައިން