އިންޓާނަލް އޮޑިޓް 360 ޑިގްރީ ސަމިޓަކީ ހުރިހާ ދާއިރާއެއް ވަށައިޖެހޭ ގޮތަށް ބާއްވާ ސަމިޓެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
އިންޓާނަލް އޮޑިޓް 360 ޑިގްރީ ސަމިޓަކީ ހުރިހާ ދާއިރާއެއް ވަށައިޖެހޭ ގޮތަށް ބާއްވާ ސަމިޓެއް!

'އިންޓާނަލް އޮޑިޓް 360 ޑިގްރީ ސަމިޓް' އަކީ ހުރިހާ ދާއިރާއެއް ވަށައިޖެހޭ ގޮތަށް ކުރިއަށްގެންދާ ސަމިޓެއް ކަމަށް އިންޓަރނަލް އޮޑިޓް އެސޯސިއޭޝަނުން ހާމަކޮށްފިއެވެ. މިއަހަރުގެ މި ސަމިޓު ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަނީ ފަށާފައެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އެސޯސިއޭޝަންގެ އެކްސްކޯ މެމްބަރު މުހައްމަދު ޝިފާޒު މޫސާ ވިދާޅުވީ، މިއީ ހަމައެކަނި އިންޓަރނަލް އޮޑިޓަރުންނަށް ޚާއްސަ ސަމިޓެއް ނޫން ކަމަށެވެ. މިއީ މެނޭޖްމަންޓާއި މާލީ ދާއިރާ، އަދި ކޮމިޓީތަކާއި ބޯޑުތަކުގެ ބޭފުޅުންވެސް ހިމެނޭހެން ހުރިހާ ދާއިރާއެއް ވަށައިޖެހޭ ގޮތަށް ބާއްވާ ސަމިޓެއް ކަމަށާއި، މި ސަމިޓަށް "360 ޑިގްރީ" ގެ ނަމުން ނަންދީފައިވަނީވެސް އެ ސަބަބަށްޓަކައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިއީ މި ސަމިޓު ބާއްވާ ދެވަނަ ފަހަރުކަން ފާހަގަކުރައްވައި ޝިފާޒު ވިދާޅުވީ، މިދިޔަ އަހަރުގެ ސަމިޓަށްވުރެ ފުޅާކޮށް މިއަހަރުގެ ސަމިޓު ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިއަހަރުގެ ސަމިޓުގައި ގާތްގަނޑަކަށް 100 މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިދިޔަ އަހަރުގެ ސަމިޓު އަޅުގަނޑުމެން ޓާގެޓްކުރީ 60 ބޭފުޅުންގެ ޖާގައަކަށް. އެޖާގަ ވަރަށް އަވަހަށް ފުރިގެންދިޔަ. އަދި ވީހާވެސް ގިނަ ބަޔަކަސް ފުރުސަތު ދިނުމުގެ ގޮތުން ވެނިއުގެ ކެޕޭސިޓީ ހުރިގޮތަކުން އިތުރު ފަރާތްތަކަށް ޖާގަވެސް ދިނިން،" ޝިފާޒު ވިދާޅުވިއެވެ.

މިއަދު އޮންލައިން