ދަރުސް އަޑުއަހަންއިނުމަކީ އެމީހެއްގެ ވާހަކަ ވަޤުތުން މަލާއިކަތުން ﷲ ތަޢާލާގެ ޙަޟްރަތަށް އުފުއްލަވާ މަތިވެރި އަޅުކަމެއް! ލިބޭ ފައިދާތައް މިހާ ގިނަކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ދަރުސް އަޑުއަހަންއިނުމަކީ އެމީހެއްގެ ވާހަކަ
ވަޤުތުން މަލާއިކަތުން ﷲ ތަޢާލާގެ ޙަޟްރަތަށް އުފުއްލަވާ މަތިވެރި އަޅުކަމެއް!
ލިބޭ ފައިދާތައް މިހާ ގިނަކަން އެނގޭތަ؟

ގިނަ ބައަކު އެންމެ ބޮޑަށް އިހްމާލްވާ ކަންކަމުގެ

ތެރޭގައި ދަރުސްތަކަށް ގޮސް އަޑުއަހަން އިނުން ހިމެނެއެވެ. އެހެންކަމުން މިގެނެސްދެނީ ދަރުސް އަޑުއެހުމުން ލިބޭ ބައެއް ބޮޑެތި ފައިދާތައް ބަޔާންކުރައްވައި ޝައިޚް މުޙައްމަދު ހޮބްލޮސް ދެއްވާފައިވާ ދަރުސެކެވެ. 

މީސްތަކުންނޭވެ! ކޮންމެ މީހަކު ދަރުސް ދިން ނަމަވެސް އެމަޖިލީހުގެ ވަށައިގެން މަލާއިކަތް ބޭކަލުން ތިއްބަވައެވެ. އެތަނުގައި ތިބީ ކޮންބައެއްކަން ބައްލަވަތެވެ. އެކަމުގެ ޚަބަރުތައް ﷲ ތަޢާލާގެ ޙަޟްރަތަށް އުފުއްލަވަތެވެ. އެ މަޖިލީހުގައި ތިބި މީހުންނަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވައިދެއްވަވަތެވެ. އެބައިމީހުންގެ ފާފަތައް ވެސް ފުއްސަވައި ދެއްވަވަތެވެ. އިން ޝާ ﷲ

ވީމާ ދަރުސްތަކަށް ދިއުމަކީ ވަރަށް ޚާއްޞަ ނިޢްމަތްތަކެއް އެކަމުގެ ސަބަބުން ލިބިގެންދާ ކަމެކެވެ. އެމަޖިލީހުގެ ވަށައިގެން ތިއްބަވާ މަލާއިކަތުން އަހަރެމެންނަށް ފެންނަނަމަ އަހުރެމެންގެ ސަމާލުކަން ދަރުސަށް ދެވޭނެ މިންވަރު ހިތަށް ގެންނާށެވެ! އަހަރެމެންގެ ލޯތަކަށް މަލާއިކަތްބޭކަލުން ނުފެނުނު ކަމުގައިވީނަމަވެސް މަލާއިކަތް ބޭކަލުން އެތަނުގައި ތިއްބަވާކަން އެނގޭއިރު އަޑުއެހުމަށް ފަރުވާކުޑަކުރަން ހެޔޮވެދާނެ ހެއްޔެވެ!

މީސްތަކުންނޭވެ! ވީހައި ގިނައިން ދަރުސްތަކަށް ދާށެވެ! ދިއުމަށްފަހު މިބުނި މަގުން ކަންކަން ކުރެވޭތޯ ބަލާށެވެ! އެކަމުން ލިބެން އޮތް އެންމެ ބޮޑު ފައިދާއެއް ޙާޞިލުކުރަން މަސައްކަތްކުރާށެވެ! ހަމައެއާއިއެކު ވީހައި ގިނަ ބައަކު ދަރުސްތަކަށް ގެންދަންވެސް މަސައްކަތްކުރާށެވެ! ތިމާގެ ސަބަބުން އެހެން ބައަކަށް ކަމެއް އެނގި އިޞްލާޙްވެއްޖެ ނަމަ އެކަމުގެ ސަވާބު އެމީހަކަށް ދެއްވަވާނެތެވެ. އަދި ގެންދިއަ މީހާ އިޞްލާޙް ނުވި ނަމަވެސް ތިބާއަށް އެކަމުގެ ސަބަބުން އެއްވެސް އުނިކަމެއް ނެތެވެ. ތިބާއަށް ދެއްވަވަން ހުރި ސަވާބު ދެއްވަވާނެތެވެ! އިން ޝާ ﷲ.

ދަރުސެއް އަޑު އަހަން ދާންވީ ނުވަތަ ގޭގައި ނަމަވެސް އަޑުއަހަންވީ ދަރުސް ދޭ މީހާއަށް ބަލައިގެނެއް ނޫނެވެ. އެދަރުސަކުން ތިމާއަށް ލިބިދޭނެ ފައިދާއަކަށް ބަލައިގެންނެވެ. ދަރުސް އަޑުއަހަން އިންނަންވީ އަޑު އިވޭ ވާހަކަތަކުން ތިމާ އަށް މަންފާއެއް ކުރުން އެދެމުންނެވެ. އެކަމަށް އެދި ދުޢާކުރަމުންނެވެ!

 

ބައެއް މީހުން ދަރުސްތަކަށް ދިއަ ނަމަވެސް އެއްވެސް ކަމެއް އިތުރަށް ދަސްނުކުރެވެނީ މިބުނި ކަންކަން ނުކުރާތީއެވެ. ދެވޭ ސަމާލުކަން ކުޑަވުމުންނެވެ. ދަރުސްގައި އިން ނަމަވެސް ހިތް އެހެން ކަންކަމުގައި ބާއްވައިގެން އިންނާތީއެވެ.

 

--ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

 

މިއަދު އޮންލައިން