އައިޔޫއެމްގެ ޢިލްމީ ކުރިއެރުމާއި ބެހޭ ބައިނަލްއަޤްވާމީ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ޑރ.ޝަހީމް ޝަރަފްވެރިކޮށްދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
އައިޔޫއެމްގެ ޢިލްމީ ކުރިއެރުމާއި ބެހޭ ބައިނަލްއަޤްވާމީ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ޑރ.ޝަހީމް ޝަރަފްވެރިކޮށްދެއްވައިފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޢިލްމީ ކުރިއެރުމާއި ބެހޭ ބައިނަލްއަޤްވާމީ މަހާސިންތާގެ ފެށުމުގެ ރަސްމިއްޔާތު، އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޝަރަފްވެރިކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައެވެ. މި ރަސްމިއްޔާތުގައި ޚާއްސަ މެހެމާނެއްގެ ގޮތުގައި މަދީނާ އިސްލާމީ ޔުނިވާސިޓީގެ ރައީސް ހިޒް އެކްސެލެންސީ ޑރ. ޑރ. ޞާލިޙް ބިން ޢަލީ އަލްޢަޤްލާއާއި، ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ވަނީ މި މަހާސިންތާ 11 އަހަރު ވަންދެން ފުރިހަމައަށް ކުރިއަށް ގެންދިއުމަށް އިސްލާމީ ޔުނިވާސިޓީގެ އިސްވެރިންނާއި މުވައްޒަފުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ޝުކުރު އަދާކުރައްވާ ތަޢުރީފް ކުރައްވާފައެވެ. އަދި މި ރަސްމިއްޔާތަށް މަދީނާ އިސްލާމީ ޔުނިވާސީޓީގެ ރައީސް ވަޑައިގެންނެވިކަމަށްޓަކައި ވަޒީރު ވަނީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން، އިސްލާމީ ޔުނިވާސިޓީން ޢިލްމީ މަަސައްކަތްތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި އިސްލާމީ ޔުނިވާސިޓީގެ ކުރިއެރުވުމަށް ނުހަނު އިސްކަން ދެއްވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

އައިޔޫއެމްގެ ޢިލްމީ ކުރިއެރުމާއި ބެހޭ ބައިނަލްއަޤްވާމީ މަހާސިންތާގެ ޕްލެޓިނެމް ސްޕޮންސަރެއްގެ ގޮތުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ އިސްލާމީ ވަޤްފު ފަންޑު ވަނީ ހަމަޖައްސަވާފައެވެ. އަދި މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މި މަހާސިންތާއަށް ވުޒާރާއިން ސްޕޮންސަރދޭނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ މިއަދުގެ ރަސްމިއްޔާތުގައި ދެއްވާފައެވެ.

މިއަދު އޮންލައިން