އިންޖިނޭރުންގެ ދުވަސް: ރައީސް މާލެ އިން ވިލިމާލެއަށް ފައިމަގުގައި!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
އިންޖިނޭރުންގެ ދުވަސް: ރައީސް މާލެ އިން ވިލިމާލެއަށް ފައިމަގުގައި!

މިއަދު ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން ތިލަމާލެ ބްރިޖުގައި ފައިމަގުގައި މާލެ އިން ވިލިމާލެ އަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަޑައިގެންފިއެވެ.

މި ހިނގާލުމުގައި ރައީސްގެ އަރިހުގައި މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓް ޑރ. ޢަބްދުﷲ މުއްޠަލިބް ބައިވެރިވެވަޑައިގެންނެވިއެވެ.

ބްރިޖުގައި މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ ބްރިޖުގެ މަސައްކަތް މިދާގޮތަށްގެންގޮސް، އިރާދަކުރެއްވިއްޔާ ގިނަވެގެން އަހަރެއްހާ ދުވަހުގެތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާކަަމަށެވެ. އަދި އެ ނިމުން ވެގެންދާނީ، މުޅި ގްރޭޓާ މާލެ ސަހައްދުގެ ތަރައްގީއަށް، އިރާދަކުރެއްވިއްޔާ ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ތިލަމާލެ ބުރިޖަކީ މިފަދަ މުހިންމު މަޝްރޫއެއް ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އިރާދަކުރެއްވިއްޔާ ތަރައްގީގެ މުހިންމު މަޝްރޫއުތަކަށް ހާއްސަ އިސްކަމެއްދެއްވައިގެން ނިންމަން ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، އިންޑިއާއާ ރާއްޖެއާ ދެމެދުގައި މިއޮތް ގާތްގުޅުން ރަމްޒުކޮށްދޭ މިކަހަލަ މުހިންމު މަޝްރޫއުތަކަކީ މިސަރުކާރުން ވަރަށް އިސްކަމެއް ދެއްވާނެ މަޝްރޫއުތަކެއް ކަމުގައި ވިދާޅުވިއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން