އިންޖިނިއަރިން ދާއިރާއަށް ޚާއްސަކޮށްގެން އެސްޓީއޯއިން ސްކޮލަޝިޕް ތަޢާރަފްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
އިންޖިނިއަރިން ދާއިރާއަށް ޚާއްސަކޮށްގެން އެސްޓީއޯއިން ސްކޮލަޝިޕް ތަޢާރަފްކޮށްފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިންޖިނިއަރިންގ ދާއިރާއަށް ޚާއްސަކޮށްގެން ސްކޮލަޝިޕް ފުރުސަތުތަކެއް ތަޢާރަފް ކޮށްފިއެވެ. މި ސްކޮލަޝިޕްތައް އިފްތިތާޙު ކޮށްފައިވަނީ އިންޖިނޭރުންގެ ދުވަހާ ގުޅުވައިގެން އެސްޓީއޯއިން މިއަދު ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ.

މި ހަފްލާގައި ސްކޮލަޝިޕްތައް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީއާއި، އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރ ޝިމާދު އިބްރާހީމެވެ.

އެސްޓީއޯއިން ތަޢާރަފްކުރި ދެ ސްކޮލަޝިޕް ޚާއްސަކޮށްފައިވަނީ ކޮންކްރީޓް ޓެކްނޮލޮޖީގެ ދާއިރާއިންނާއި އެލެވޭޓާ އިންސްޓޯލޭޝަންގެ ދާއިރާއިންނެވެ.

އެސްޓީއޯއިން މަޢުލޫމާތު ދެއްވި ގޮތުގައި، ކޮންކްރީޓް ޓެކްނޮލޮޖީން ޚާއްސަވާ ސްކޮލަޝިޕަކީ އިންޖިނިއަރިންގ ދާއިރާއިން އަންޑަރ ގްރެޖުއޭޓްވާ ފަރާތްތަކަށް ހުޅުވާލެވޭ ފުރުސަތެކެވެ. މިއީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދެވޭ ސްޕެޝަލައިޒޭޝަން ޕްރޮގްރާމެކެވެ.

މީގެއިތުރުން، އެލެވޭޓާ އިންސްޓޯލޭޝަން ދާއިރާއަށް ސްކޮލަޝިޕް ޚާއްސަކުރި ސަބަބަކީ، ދުނިޔޭގެ މަޤުބޫލު އެލެވޭޓާ ބްރޭންޑެއް ކަމަށްވާ "ކޯނޭ" ރާއްޖޭގައި ޑިސްޓްރިބިއުޓް ކުރަނީ އެސްޓީއޯއިން ކަމަށްވެފައި، އެ ދާއިރާގައި މަސައްކަތްކުރާ ދިވެހިން އިތުރުކުރުމުގެ ބޭނުމުގައެވެ. މި ސްކޮލަޝިޕް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ކޯނޭ އެކަޑެމީއާ ގުޅިގެންނެވެ.

މިއަދު އޮންލައިން