މާމަދަރިފުޅު ޅީދަރިފުޅު ވައްތަރުކަން ކުށަކަށް ހަދައި މަރުވެފައިވާ ޅީދަރިފުޅުގެ ގާތަށް ކުއްޖާވެސް ފޮނުވާލަން މަސައްކަތްކުރި މާމައަކަށް ޖެހުނު ޙާލުގެ ވާހަކަ- ވަރަށް އަސަރުގަދަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 53ސ
މާމަދަރިފުޅު ޅީދަރިފުޅު ވައްތަރުކަން ކުށަކަށް ހަދައި މަރުވެފައިވާ ޅީދަރިފުޅުގެ ގާތަށް ކުއްޖާވެސް ފޮނުވާލަން މަސައްކަތްކުރި މާމައަކަށް ޖެހުނު ޙާލުގެ ވާހަކަ- ވަރަށް އަސަރުގަދަ!

އެއީ ވަރަށް ލޯބިން ދިރިއުޅެމުންދިއަ ދެމަފިރިންނެވެ. އަންހެން ދަރިއަކު ލިބި ދަރިފުޅަށް 12 އަހަރުގައި އައި ހުމެއްގައި އަނބިމީހާ ނިޔާވީއެވެ. އެކަމުގެ ހިތާމައިގައި ހުންނަން ހަދައިގެން ފިރިމީހާ ވަރަށް ބަލިވިއެވެ. ދުވަސްތަކަކަށްފަހު ޝިފާ ލިބުމުންވެސް އޭނާ ޤަޞްދުކުރީ ދެވަނަ ކައިވެންޏެއް ނުކޮށް އަނބިމީހާގެ ހަނދާނުގައި އެކަނި ހުންނާށެވެ. ވީހާ ރަނގަޅަކަށް ދަރިފުޅު ތަރުބިއްޔަތުކުރުމަށެވެ.  

ބައްޕަ ދަރިފުޅު ދެކެ ވަރަށް ލޯބިވެއެވެ. އޭނާގެ ހުރިހާވެސް އުފަލަކީ ދަރިފުޅަށް ރަނގަޅަށް ކަންކަން ކުރުމެވެ. ދަރިފުޅަށް ލޯބިދިނުމެވެ. ނަމަވެސް ފަރުދާގެ އަނެއް ފަރާތުގައި ކަންކަން ހިނގަނީ ދިމާ އިދިކޮޅަށެވެ. މާމަ ދަރިފުޅާއިމެދު ކަންކަން ކުރަމުން ގެންދިއައީ އެންމެ ގޯސްކޮށެވެ. އަބަދު ބަހައްޓަނީ ހިތުގައި ޖައްސުވައި ރޮއްވައިފައެވެ. ކުއްޖާގެ ގާތުގައި ބުނެފައި އޮތީ އެއްވެސް ވާހަކައެއް ބައްޕަގެ ގތުގައި ބުނެފިނަމަ ހަދާނެ ގޮތް ދައްކައިލާނެ ކަމަށެވެ.  

ދަރިފުޅުގެ ކުށެއް ކަމަށް ބުނަނީ މަންމައާއި ވައްތަރުކަމެވެ. ބުނަނީ މަންމަ ދެކެ އަބަދުވެސް ރުޅިއަންނަ ކަމަށާއި ރުޅި އަންނަނީ އޭނާ އާއި ދެކޮޅަށް ދަރިފުޅު ކުއްޖާގެ މަންމައާއި ކައިވެނިކުރީތީ ކަމަށެވެ. އޭނާ ދެއްކި އެންމެހެން ކުއްޖާއާއި ކައިވެނިކުރީތީ ކަމަށެވެ.  

މާމަގެ ޙަސަދަވެރިކަން ބޮޑުވެ ކުއްޖާއަށް ކާން ނުދީ ހައިހޫނުކަމުގައި ބަހައްޓުވަން ފެށިއެވެ. ބުނީ މިއުޅެނީ މަންމަގެ ގާތަށް ދަރިފުޅު ފޮނުވާލައިދޭން ކަމަށެވެ. އެދުނިޔޭގައި ދެމައިންނަށް އުފަލުގައި އުޅެވޭނެ ކަމަށެވެ.  

އެއްދުވަހެކެވެ. އޮފީހުން ގެއަށް އައިސް ދަރިފުޅުގެ ގައިގަ ލޯބިން ބައްދައިލިތަނާހެން ދަރިފުޅުގެ ހޭނެތުނެވެ. ޑޮކްޓަރަށް ގެންދިއުމުން ބުނީ ބަނޑުހައިކަން ބޮޑުވެގެން މެދުވެރިވިކަމެއް ކަމަށެވެ. ހޮސްޕިޓަލުން ދޫކޮށްލީ 3 ދުވަސްފަހުންނެވެ.  

ދަރިފުޅުގެ ޙާލަތު މުޅިން ރަނގަޅުވެއްޖެކަމަށް ބުނުމުން ދަރިފުޅާއި ސުވާލުކުރަން ފެށިއެވެ. އެޙާލަތު މެދުވެރިވި ސަބަބަކާއިމެދުގައެވެ. ނުބުނަން އުޅެފައިވެސް ދަރިފުޅު ހުރިހާ ވާހަކަތަކެއް ކިޔައިދިނުމުން ބައްޕަގެ ހިތް ފަޅައިގެންދިއަ ފަދައެވެ.  

ގެއަށް ގޮސް މަންމައަށް ބުންޏެވެ. "ތިއައީ މަންމައެވެ. މަންމަ ބަލަންވެސް ޖެހީނީ އަހުރެންނަށެވެ. ހަމަ އެގޮތަށް ދަރިފުޅު ބަލަންވެސް ޖެހޭނީ އަހުރެންނަށެވެ. އަހުރެންގެ ހުރި ހަމައެކަނި ދަރިފުޅުގެ އެއްވެސް ކުށެއް ނެތި މަންމަ ކަންކަން ކުރިގޮތުން ދަރިފުޅުގެ ސަލާމަތްކުރެވުނީ ހަމަކިރިޔާއެވެ. ލޯބިވާ މަންމާއެވެ! މަންމަ އަހުރެން ދެކެ އެއްވެސް ވަރަކަށް ލޯބިވާނަމަ އަހުރެންގެ ދަރިފުޅަށް ތިއަ ގޮތަކަށް ކަންކަމެއް ނުކުރާނެއެވެ. އެކަމަކުވެސް މަންމަ ބަލާނަމެވެ! އެކަމަކު ދަރިފުޅު އޭނާގެ މަންމަގެ ގާތަށް ފޮނުވާލަން ތިއަކުރާ މަސައްކަތް ހުއްޓައިލާށެވެ. ދަރިފުޅުގެ އެއްވެސް ކަމަކާއި މަންމަ ބެހިގެން ނުވާނެއެވެ. އޭނާ ކައިބޮއިހަދަނީ އަހުރެން ހޯދާ ތަކެއްޗެވެ. މީގެ ފަހުން މަންމަ، މަންމައަށް ފުދޭވަރަށް ކައްކާށެވެ. އަހުރެމެން ދެބަފައިންނަށް ކައްކާނެވެސް ކަމެއް ނެތެވެ. އަހުރެމެން އަމިއްލައަށް ކައއްކައިގެން ކާނީއެވެ."  

އެހިސާބުން އެވާހަކަ ނިންމައިލީއެވެ. މަންމައާއި ރުޅިވެރިކަމެއްވެސް ނުބާއްވައެވެ. ކަންކަންވެސް ކޮށްދެއެވެ. ވާހަކަވެސް ދައްކައެވެ.  

ދުވަސްކޮޅަކުން އޭނާއަށް ޖެހުނު ބައްޔަކީ ގައިކަހަން ފެށުމެވެ. ޑޮކްޓަރުން ކުރެވުނު އެއްވެސް ކަމެއް ނެތެވެ. ދިން އެއްފަރުވާއަކުން ފައިދާއެއް ނުކުރިއެވެ. ހަމަކަހަނީއެވެ. ގައިގެ ހަްނގަނޑު ވީދޭވަރަށް ކަހާއިރުވެސް ކެހުމެއް ނުފިލައެވެ. އެންމެ ފަހުން މުޅި ހަށިގަނޑު ފާރުވީއެވެ. ނިމިދިއައީ އެޙާލުގައި އުޅެއެވެ.

މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. ޢާންމުގޮތެއްގައި ދަރިން ދެކެ މަންމައަށްވުރެވެސް ބޮޑަށް މާމަ ލޯބިވެއެވެ. ނަމަވެސް މިއީ މުޅިން ތަފާތު ޙާދިސާއެކެވެ. އަޅުގަނޑު އެދެނީ އެއްވެސް މާމައަކުވެސް އަދި އެހެން މީހަކުވެސް ކުޑަކުދިންނަށް އަނިޔާވެރިނުވުމަށެވެ. ޚާއްޞަކޮށް ޅީދަރިންނަށް ކުރާ ނަފުރަތު ދަރިންނަށް ނުކުރުމެވެ. އެކުދިންގެ ކިބައިގައި އެއްވެސް ކުށެއް ނުއޮންނާނެތީއެވެ.

 

- ފާތުން / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން