މިބުނަނީ ކުޑަކުޑަ ވަޤުތުކޮޅެއް އެކުގަ ހޭދަކޮށްލައިގެން ދިރިއުޅުމަށް އުފާވެރިކަން ހޯދިދާނެ ވަރަށް އަގުބޮޑު ވަޤުތޮޅެއްގެ ވާހަކަ! ތަޖުރިބާކޮށްލެއްވުން ކީއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
މިބުނަނީ ކުޑަކުޑަ ވަޤުތުކޮޅެއް އެކުގަ ހޭދަކޮށްލައިގެން ދިރިއުޅުމަށް އުފާވެރިކަން ހޯދިދާނެ ވަރަށް އަގުބޮޑު ވަޤުތޮޅެއްގެ ވާހަކަ! ތަޖުރިބާކޮށްލެއްވުން ކީއްތޯ؟

ދުވަހުގެ ބުރަ މަސައްކަތް ނިންމާފައި ހެޔޮލަފާ ފިރިން ގެއަށް އަންނާނީ ލިބިފައިވާ ވަރުބަލިކަމަށް އަނބިމީހާގެ ކިބައިން "ފަރުވާއަށް" އެދިގެންނެވެ. އެފަރުވާ ދެވޭނީ ދެމީހުންވެސް އެކަކު އަނެކަކު ދެކެ ލޯބިވާނަމައެވެ.  

އެޙާލަތުގައި ފިރިމީހާއަށް އެހީތެރިކަން ފޯރުކޮށްދެވޭނީ ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތަކުންނެވެ. މަސައްކަތާއި މާޙައުލު ތަންދޭނަމައެވެ. އަނބިމީހާގެ ވަޤުތާއި ދެއަތް ވީއްލިފައިވާނަމައެވެ. މާޙައުލުކަމަށް މިބުނަނީ ދެމަފިރިން އެކަނި ވަކި ދިރިއުޅުމެއް އުޅެ އަނބިމީހާ ބޭނުންވާ ގޮތަކަކަށް ކަންކަން ކުރެވެން އޮތުމަށެވެ. ދެއަތް ވީއްލިފައިވުނަ ކަމަށް މިބުނަނީ ދަރިން ބެލެހެއްޓުމާއި ގޭތެރޭގެ މަސައްކަތްތަކުން ސަލާމަތްވެ މިނިވަންކަމުގައި ހުރެވުމަށެވެ.  

މަސައްކަތް ނިމިގެން ފިރިމީހާ ގެއަށް އަންނަވަޤުތު އެހީތެރިވުމުގެ ގޮތުން ހެޔޮލަފާ އަނބިން އެމީހުންގެ ކޯޓު ބާލުވައިދެއެވެ. އެހެން ކަންކަންވެސް ކޮށްދެއެވެ. އެއީ ކޮންމެހެން އެކަން ކޮސްދޭންޖެހޭތީއެއް ނޫނެވެ. ފިރިމީހާއަށް އަޅައިލާކަން ޢަމަލުން ދެއްކުމަށެވެ.  

ކުރެވިފައިވާ ބައެއް ދިރާސާތަކުން އެނގޭގޮތުގައި ފިރިމީހާ މަސައްކަތުން ނިމިގެން ގެއަށް އަންނަ ވަޤުތު ދެމަފިރިން އެކުގައި އިރުކޮޅަކަށް ނަމަވެސް ކޮޓަރީގައި މަޑުކޮށްލުމަކީވެސް ލޯބި ތާޒާވަމުންދާ ކަމެކެވެ. ދެމަފިރިންގެ ގުޅުން ބަދަހިވާ ކަމެކެވެ.  

ގޮތް ބަލައިލަން ނަމަވެސް ނިކަން މިގޮތަށް ކަންތައްތައް ކޮށްބަލާށެވެ! ޒަވާޖީ ޙަޔާތަށް ދުޅަހެޔޮކަން ލިބިބެމުންދާނެއެވެ. ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ލޯތްބާއި އަޅައިލުން އިތުރު ހަރުފަތްތަކަށް އުފުލެމުންދާނެއެވެ. އިން ޝާ ﷲ  

- މިއީ ކައިވެނީގެ މައްސަލަތައް ޙައްލުކުރަން ލަފާދޭ ދުނިޔޭގެ ފެންވަރުގެ މީހަކު ބުނެފައިވާ ބަސްކޮޅެކެވެ.

- މިއަދުނޫސް

މިއަދު އޮންލައިން