ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުގެ ފައިނަލް ބަޙުސް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުގެ ފައިނަލް ބަޙުސް ބާއްވައިފި

އަލްސްތާޒު އިބްރާހީމް ޝިހާބުގެ ވާދައިގެ ތައްޓަށް ބޭއްވި ވާހަކަ ދެއްކުމުގެ 39 ވަނަ ޤައުމީ މުބާރާތުގެ ފައިނަލް ބަޙުސް ބާއްވައިފިއެވެ.

މި މުބާރާތުގެ ފައިނަލް ބަޙުސް ބާއްވާފައި މުބާރާތް ކުރިއަށްގެންދިޔަ ސަލްމާނު މިސްކިތުގެ ހޯލުގައި، އޮގަސްޓު 29 ވީ ހޮނިހިރު ދުވަހުއެވެ. ޤައުމީ ވާހަކަ ދެއްކުމުގެ މުބާރާތުގެ ދަށު ސާނަވީ ދަރިވަރުންގެ އަރުތަ ބުރުގެ ވާހަކަދެއްކުން އަޑުއައްސަވައިލެއްވުމަށާއި ފައިނަލް ބަހުސް ބައްލަވައިލައްވުމަށް ފަންނާއި ސަގާފަރާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މުބާރާތުގެ ފައިނަލް ބަޙުސްގައި ވާދަކޮށްފައި ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބިސީސީ) އެވެ. މި ބަޙުސްގެ މައުޟޫއަކީ "ޤައުމިއްޔަތު ދިރިވުމުގައި އެންމެ މުހިންމު މަސައްކަތެއް ކުރެވޭނީ މީޑިއާ މެދުވެރިކޮށެވެ." އެވެ. މި މައުޟޫއާ އެއްކޮޅަށް ވާހަކަ ބަޙުސްކުރީ ބީސީސީ އިންނެވެ. މައުޟޫއާ ދެކޮޅަށް ވާހަކަ ދެއްކީ އެމްއެންޔޫއެސްޔޫ އިންނެވެ.

މި މުބާރާތް ބަހާފައި ވަނީ ދެބަޔަކަށެވެ. އެއީ ވާހަކަދެއްކުމުގެ ބަޔާއި ބަޙުސްގެ ބައެވެ. މި މުބާރާތުގެ ނަތީޖާ ފަހުން އިޢުލާނުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން