ހަނދުމަކޮށްދިނުމެއް!: ޙައިޟުވެރިޔާއަށް މަނާކަންކަން ކަމުގައި ބައެއް މީހުންނަށް ހީކުރެވުނަސް ހުއްދަވެގެންވާ ފަނަރަ ކަމެއް!: ޝައިޚް ޝާފިޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ހަނދުމަކޮށްދިނުމެއް!: ޙައިޟުވެރިޔާއަށް
މަނާކަންކަން ކަމުގައި ބައެއް މީހުންނަށް ހީކުރެވުނަސް ހުއްދަވެގެންވާ ފަނަރަ
ކަމެއް!: ޝައިޚް ޝާފިޢު

 

ޙައިޟްވުމުން އެއްވެސް އަޅުކަމެއް ނުކުރެވޭނެ ކަމަށް އަޅުކަމާ ދުރުހެލިވާ އުޚުތުން ތިބެއެވެ. އެހެންކަމުން މިގެނެސްދެނީ އުކުތުންނަށް ޙައިޟުގެ ޙާލަތުގައި ކުރެއްވެން ހުރި ކަންކަމެވެ. މާޔޫސްވެގެން ނުތިބެ ކުރިއަށްދަމާ ހިނގާށެވެ!  

ޙައިޟުވެރިޔާއަށް މަނާކަންކަން ކަމުގައި މީހުން ޢާއްމުކޮށް ހީކުރާ އެކަމަކު ޙައިޟުވެރިޔާއަށް ހުއްދަވެގެންވާ ކަންކަން

1- މުޞްޙަފުގައި ބީހުމެއް ނެތި ކީރިތި ޤުރުއާން ކިޔެވުން 2- ތަފްސީރު ފޮތްތަކުގައި ބީހުން 3- ޤުރުއާން ތަރުޖަމާގައި ބީހުން 4- ދުޢާކުރުން 5- ޛިކްރުކުރުން 6- މައްޔިތުން ހިނެވުން 7- މިސްކިތުގައި މަޑުނުކޮށް ޙާޖަތަކަށްޓަކައި މިސްކިތަށް ވަދެލާފައި ނުކުތުން 8- ޖިމާޢުނުވެ އެހެން ހުރިހާ ހުއްދަ ގޮތްގޮތުން ދެމަފިރިކަމުގެ އަރާމު ލިބިގަތުން 9- ކީރިތި ޤުރުއާނުގެ އާޔަތްތައް ލިޔުން 10- ސަޢްޔުކުރުން 11- ޠަވާފުކުރުން ފިޔަވާ ޙައްޖުގެ ހުރިހާ މަނާސިކުތައް 12- ތިލާވަތުގެ ސަޖިދަކުރުން 13- ޝުކުރުގެ ސަޖިދަކުރުން 14- މައްޔިތުންގެ މޫނުބެލުން (އަންހެން މައްޔިތެއްނަމަ ނުވަތަ މަޙްރަމެއްނަމަ މައްޔިތާގައިގައި އަތްލުންވެސް ހުއްދައެވެ) 15- ނިޔަފަތި ކެނޑުމާއި އިސްތަށި ބޭލުމާއި ގައިން ޠާހިރުވުމުގެ ގޮތުން ކުރާ މިފަދަ ކަންކަން ކުރުން

 --ޝައިޚް މުޙައްމަދު

ޝާފިޢު

 

 

 

މިއަދު އޮންލައިން