ދިވެހި ރުފިޔާއިން މުޢާމަލާތްކުރެވޭ ނިޒާމަކަށް ރާއްޖޭގެ މާލީ ނިޒާމު ހެދުމުގެ ޢަމާޒަށް ވާސިލުވެވޭނީ ހުރިހާ އިދާރާތައް ގުޅިގެން ކުރާ މަސައްކަތަކުން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 47ސ
ދިވެހި ރުފިޔާއިން މުޢާމަލާތްކުރެވޭ ނިޒާމަކަށް ރާއްޖޭގެ މާލީ ނިޒާމު ހެދުމުގެ ޢަމާޒަށް ވާސިލުވެވޭނީ ހުރިހާ އިދާރާތައް ގުޅިގެން ކުރާ މަސައްކަތަކުން: ރައީސް

ދިވެހި ރުފިޔާ ދައުރުވާ ނިޒާމަކަށް ނުވަތަ ދިވެހި ރުފިޔާއިން މުޢާމަލާތްކުރެވޭ ނިޒާމަކަށް ރާއްޖޭގެ މާލީ ނިޒާމު ބަދަލުކުރުމުގެ އަމާޒަށް ވާސިލުވެވޭނީ ހުރިހާ އިދާރާތައް ގުޅިގެން ކުރާ މަސައްކަތަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ ދިވެހި ރުފިޔާއިން މުޢާމަލާތްކުރެވޭ ނިޒާމަކަށް ރާއްޖޭގެ މާލީ ނިޒާމު ބަދަލުކުރުމަކީ ހުރިހާ ސަރުކާރުތަކުންވެސް ދިއުމަށް ބޭނުންވާ މުހިންމު އަމާޒެއް ކަމަށެވެ. އަދި މި ޢަމާޒަށް ވާސިލުވުމަށްޓަކައި ވަރަށް ގިނަ މަރުޚަލާތަކެއް ފުރިހަމަކުރަންޖެހޭ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބަދަލު ގެނައުމަކީ އެއް ދުވަހުން ނުވަތަ ދެ ދުވަހުން ވާނެ ކަމެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، "މިއީ އެއް ދުވަހުން ދެ ދުވަހުން ވާނެ ކަމެއް ނޫން. ރާއްޖެއިން ކޮށްފަވާ އިންވެސްޓްމަންތްތައް ލޯނުތައް އަދި މިފަދަ ހުރިހާ ކަމަކާ ގުޅިފަވާ ކަމެއް މިއީ. 10 އަހަރުގެ ރާސްތާއެއް ނަގާނެކަމަށް ބެލެވެނީ އެހިސާބަށް އެއްކޮށް ގެންދިއުމަށް." އެވެ.

މިއަދު އޮންލައިން