ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި ތަކެތި އަތުލައިގެންފައިވަނީ 2026 އޮގަސްޓް 29 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅެނިކޮށެވެ.
މި އޮޕަރޭޝަންގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ކެނަބިސް އެވެ. އަދި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 2000 ގްރާމް (2 ކިލޯ) ހުރި ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.