މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރުކަމުގެ މަގާމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ އަހުމަދު އަލީ އައްޔަންކުރައްވައިފިއެވެ.
އަހުމަދު އަލީ އަކީ އެކައުންޓިން އަދި ގާނޫނީ ދާއިރާ އިން މަތީ ތަޢުލީމް ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އެ ދާއިރާތަކުން ގިނަ ތަޖުރިބާތަކެއް ވެސް އޭނާ ވަނީ ހޯއްދަވާފައެވެ.
މަގާމުގެ ތަޖުރިބާއަށް ބަލާއިރު، އަހުމަދު އަލީ ވަނީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އެސިސްޓެންޓް ކޮމިޝަނާ ޖެނަރަލްގެ މަގާމު ވެސް ފުރުއްވާފައެވެ. އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ ބޯޑު މެންބަރެއްގެ ގޮތުގައި ވެސް އޭނާ ވަނީ ޚިދުމަތް ކުރައްވާފައެވެ.