ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، އަލް އަޒްހަރުގެ ގްރޭންޑް އިމާމްގެ މުޝީރާ ބައްދަލުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 42ސ
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، އަލް އަޒްހަރުގެ ގްރޭންޑް އިމާމްގެ މުޝީރާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އެޑްވައިޒަރ ޓު ދަ ގްރޭންޑް އިމާމް އޮފް އަލް އަޒްހަރު ފޯ އިންޓަރނޭޝަނަލް ސްޓޫޑަންޓްސް އެފެއަރޒް ޕްރޮފެސަރ ޑރ. ނަހުލާ އަލް ސަޢީދީއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށް ގޮސްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ މަތީ ތަޢުލީމުގެ ދާއިރާއާއި އަންހެނުންގެ ޙައްޤުތަކާ ގުޅޭގޮތުންނެވެ.

ޕްރޮފެސަރ ޑރ. ނަހުލާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

މިއަދު އޮންލައިން