މީސްމީޑިއާގައި ދައުރުވަނީ ފޭކް ސިޓީއެއް: ހޯމް މިނިސްޓަރ އިޙްސާން

މިއަދު
ކިޔުމަށް ހޭދަވާނީ 52ސ
މީސްމީޑިއާގައި ދައުރުވަނީ ފޭކް ސިޓީއެއް: ހޯމް މިނިސްޓަރ އިޙްސާން

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ (ހޯމް މިނިސްޓްރީ) ގެ ރަސްމީ ސިޓީއެއް ކަމަށް ދައްކައިގެން މީސްމީޑިއާގައި ދައުރުކުރަމުންދަނީ ސައްހަ ނޫން ފޭކް ސިޓީއެއް ކަމަށް ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މި މައްސަލައާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ހޯމް މިނިސްޓަރު ވިދާޅުވީ، ހޯމް މިނިސްޓްރީގެ ރަސްމީ ސިޓީއެއްގެ ގޮތުގައި ދައްކަން މަސައްކަތްކޮށްފައިވާ ފޭކް ސިޓީއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކަމަށެވެ.

ވަޒީރު އިޙްސާން ފާހަގަކުރެއްވި ގޮތުގައި، ހޯމް މިނިސްޓްރީއަކީ ތަހުގީގު ހިންގާ އިދާރާއަކަށް ނުވާތީ، އެފަދަ އެއްވެސް ލިޔެކިއުމެއް ބޭންކަކަށް ވެސް އަދި އެފަދަ އެހެން އެއްވެސް އިދާރާއަކަށް ވެސް ފޮނުވާފައި ނުވާނެ ކަމަށެވެ.

މީގެ އިތުރުން، ދައުލަތުގެ ރަސްމީ އިދާރާތަކުގެ ނަމުގައި މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތައް ނުހިންގުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރައްވާ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން