ޢިބްރަތްތެރި ވާހަކަ: އަނިޔާވެރި ފިރިއަކު އިޞްލާޙްވާނެކަމުގެ އުންމީދުގަ ކިޑްނީ ދިނީމާ ކުރިއަށްވުރެ ނުބައިވި ފިރިއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ޢިބްރަތްތެރި ވާހަކަ: އަނިޔާވެރި ފިރިއަކު އިޞްލާޙްވާނެކަމުގެ އުންމީދުގަ ކިޑްނީ ދިނީމާ ކުރިއަށްވުރެ ނުބައިވި ފިރިއެއްގެ ވާހަކަ-

"ޢިއްޒަތްތެރި ޤާޟީ! އަޅުގަނޑުމެންގެ ކައިވެންޏަށް 12 އަހަރުވެއްޖެ! 4 ދަރިން އެބަތިބި ފިރިމީހާއަކީ ދިރިއުޅުމަށް ޚަރަދުކުރާމީހެއް ނޫން! ދަރިންގެ ޚަރަދުތައްވެސް ބެލެހެއްޓީ އަޅުގަނޑަށް ލިބޭ މުސާރައިން. އަޅުގަނޑަށް ލޯބިދޭ މީހެއް ނޫން. ދުލުން ބުނާނީ ނުބައި ބަސްތައް. ހިލޭ އަންހެނުންވެސް ގެންގުޅޭ.  

ބަލިވެ ކިޑްނީ ބަދަލުކުރަމުން ޖެހުމުން ޢާއިލާގެ އެކަކުވެސް އަޅައެއް ނުލި. ފުރާނަ ސަލާމަތްކުރެވޭނެ އެހެން ގޮތެއް ނެތުމުން އަޅުގަނޑުގެ ކިޑްނީ ދިނީ ޢާއިލާގެ އެންމެންނާ ހުރިހާ އެކުވެރިންނާ ދެކޮޅަށް. އުންމީދުކުރީ އެވަރުންވެސް މީހާ ބަދަލުވާނެ ކަމަށް. ދަރިންނަށް ބައްޕަގެ ލޯބިލިބިގެން އެކުގަ އުޅެވޭނެ ކަމުގެ އުންމީދުގަ.  

އޮޕަރޭޝަނަށްފަހު ދުވަސްކޮޅަކު ރަނގަޅަށް އުޅުނު. ކޮށްދިން ކަނަކަމަށް ޝުކުރުވެރިވާކަމަށް. ދެން ފެނުނީ އަންހެނަކު ގޮވައިގެން އައިސް ގެއަށްވަންތަން. ބުނީ ނިދާ ކޮޓަރިން ނުކުމެ އެހެން ކޮޓަރިއަކަށްދާން. އަޅުގަނޑަށް އެކަމަކަށް ކެތެއް ނުކުރެވޭނެ. އަޅުގަނޑު ބޭނުމީ ވަރިވާން. އަޅުގަނޑު ދިން ކިޑްނީވެސް އަނބުރައި ބޭނުން."  

ޤާޟީ ފިރިމީހާއާއި ސުވާލުކުރުމުން އަނބިމީހާ ދެއްކި ވާހަކަތައް އެއީ ތެދުކަމަށް އެއްބަސްވިއެވެ. ބުނީ ކިޑްނީ ދިނުމަކީ އިތުރު އަނބިން ހޯދުން މަނާކުރާ ކަމެއް ނޫން ކަމަށެވެ. ވީމާ އޭނާގެ ނިންމުން ބަދަލުނުކުރާނެ ކަމަށެވެ.

ޤާޟީ ޙުކުމް އިއްވިއެވެ. "ކައިވެނި ރޫޅާލައިދީފީމެވެ. ނަމަވެސް މީހަކަށް ދީފައި އޮތް ކިޑްނީ ނަގައެއް ނުދެވޭނެއެވެ. ވިސްނާށެވެ! އަނިޔާވެރިއަކު ބަދަލުވާނެ ކަމަށްބަލައި ކިޑްނީގެ އިތުރުން ފުރާނަ ދިނަސް ގާތީ ބަދަލުނުވުމެވެ. އަހުރެންގެ ދުޢާއަކީ ކަލެއަށް ފުރިހަމަ ޞިއްޙަތަކާއި އުފާވެރި ދިރިއުޅުމެއް ލިބުމެވެ.  

މިއީ އަޅުގަނޑަށް ފެނުނު ވީޑިއޯއެއްގެ ކުރު ޚުލާޞާއެކެވެ. ވަރަށް އަސަރުކުރިއެވެ. އެހައި ބޮޑު ޤުރްބާނީއެއްވީ އަންތބަކަށް ޖެހުނު ޙާލުންނެވެ. އަޅުގަނޑަށް ބުނެވެން އޮތީ މިއީ ކޮންމެ އަންތބަކުވެސް އަދި ފިރިއަކަށްވެސް އަގުހުރި ފިލާވަޅެއް ކަމަށެވެ.  

- ސަލްމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން