ﷲ ތަޢާލާގެ ޙަޟްރަތުގަ އެންމެ މަތީދަރަޖައަށް ތިބާއަށް ދެވުމަކީ ކޮބައިކަން އެނގޭތަ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ﷲ ތަޢާލާގެ ޙަޟްރަތުގަ އެންމެ މަތީދަރަޖައަށް ތިބާއަށް ދެވުމަކީ ކޮބައިކަން އެނގޭތަ؟: މުފްތީ މެންކް

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ފަރުޟް 5 ނަމާދަށް ރައްކައުތެރިވެ އެހެންވެސް އަޅުކަންކޮށް އަދި ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅެން މަސައްކަތްކުރާނަމަ ތިމާއަށް މިހުރެވެނީ އެންމެ މަތީ ދަރަޖައަށް ދެވިފައި ކަމަށެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ.  

އާނއެކެވެ! މިބުނި ކަންކަން ކުރަން ޖެހެއެވެ. އެއިގެ އިތުރުން ތިމާއަށް ދެރަގޮތެއް މިންވަރު ނުކުރައްވަވާނެކަން ޔަޤީންކޮށް ކުރިމަތިވެދާނެ އެއްވެސް ކަމަކަށް ކަންބޮޑުނުވެ އަރާމުގައި ނިދައިލެވެން އެބަޖެހެއެވެ. އަދި ހޭލައި ހުންނައިރުވެސް އެޔަޤީންކަން އޮންނަން އެބަޖެހެއެވެ. ހޭލައި ހުންނައިރު އެޔަޤީންކަން އޮވެގެން ނޫނީ އެޔަޤީންކަމުގައި ނިދައެއް ނުލެވޭނެއެވެ.  

ބުނަންހެއްޔެވެ؟ އެޔަޤީންކަން ތިބާއަށް އޮންނަނަމަ ތިބާއަށް އެހުރެވެނީ ﷲ ތަޢާލާގެ ޙަޟްރަތުން އެންމެ މަތީ ދަރަޖައިގައެވެ. މިއީ ކޮންމެ ކޮންމެ މީހަކަށް ޙާޞިލްކުރެވޭނެ ދަރަޖައެއް ނޫނެވެ.  

މިދަރަޖައަށް ދެވުމަށް ކިޔައި އުޅެނީ އެންމެ ފުރިހަމަ ގޮތުގަ ﷲ ތަޢާލާއަށް ވަކީލުކުރުމެވެ. އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ވަކީލްކުރާ އަޅުންގެ ހުރިހާ ކަމެއްވެސް ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެތެވެ. ނިކަމެތި ނުކުރައްވަވާނެތެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން