ފިރިންނަށް އިސްކަން ލިބެނީ ވަރަށް ގިނަ މަސްއޫލިއްޔަތުތަކަކާއެކު! ފިރިމީހާ އެކަންކަން އަދާކުރުމާއެކު އަނބިމީހާ އެކަން ބަލައިގަންނަނަމަ އޮންނާނީ އުފާވެރިކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ފިރިންނަށް އިސްކަން ލިބެނީ ވަރަށް ގިނަ މަސްއޫލިއްޔަތުތަކަކާއެކު! ފިރިމީހާ އެކަންކަން އަދާކުރުމާއެކު އަނބިމީހާ އެކަން ބަލައިގަންނަނަމަ އޮންނާނީ އުފާވެރިކަން!

ދިރިއުޅުން ބާއްޖަވެރިކޮށް އުފަލުގައި އުޅެން ބޭނުންވާނަމަ ސަމާލުކަންދޭންޖެހޭނެ ދެކަމެއް ވެއެވެ. ފުރަތަމަ ކަމަކީ ފިރިންނަށް އިސްކަން ލިބެނީ ވަރަށް ގިނަ މަސްއޫލިއްޔަތުތަކަކާއެކުގައިކަން ޤަބޫލުކޮށް އެ މަސްއޫލިއްޔަތުތައް އަދާކުރުމެވެ. ދެވަނަ ކަމަކީ އަނބިމީހާ އެކަން ބަލައިގަތުމެވެ. ބަލައި ގަތުމަކީ ޝުކުރުވެރިވެ އަނބިމީހާގެ ވާޖިބްތައް އަޑާކުރުމެވެ.  

ޒަވާޖީ ޙަޔާތެއްގައި ދިރިއުޅޭއިރު ފިރިހެނުންނަށް މާގިނަ އިތުރު ޙައްޤުތަކެއް ލިބިގެންވާ ކަމަށް ބައެއް މީހުންނަށް ޤަބޫލުކުރެވެއެވެ. އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ޙަޤީޤަތުގައި ފިރިހެނުންނަށް އިތުރަށް ލިބިގެންވަނީ ހަމަ އެންމެ ކަމެކެވެ. އެހެން ހުރިހާ ކަމެއްގައި ދެމީހުންވެސް ހަމަހަމައެވެ. ދެމީހުންގެ މަސްއޫލިއްޔަތާއި ދަރަޖަ އެއްވަރެވެ.  

އެކަމަކީ އެންމެ ބޮޑު މަސްއޫލިއްޔަތރެވެ. އެއީ އަނބިމީހާގެ ހުރިހާ ކަންކަމުގެ ޒިންމާ އުފުލަންޖެހޭނެކަމެވެ. ދިރިއުޅުމުގައި ކުރިމަތިވާ ކަންކަމާއި އަނބިމީހާގެ ހުރިހާ ކަމެކެވެ. ތަކުރާރުކޮށްލާނަމެވެ. ވަކިކަމެއް ނޫނެވެ. ހުރިހާ ކަމެކެވެ.  

މިޒިންމާއަށް ޤުރްއާނުގައި ބަޔާންވެގެންވާ ނަމަކީ "އަލްޤައްވާމަ" އެވެ. މިބަހުގެ މާނައަކީ ގޭގެވެރި މީހާ (ލީޑަރު)، ޙިމާޔަތް، ރައްކައުތެރިކަން ދޭންޖެހޭ މީހާ، އަދި ހުރިހާ ކަމެއް ބަލަހައްޓަންޖެހޭ މީހާއެވެ.  

މިކަން އެނގޭ އަންހެނުން އެމީހުންގެ ދިރިއުޅުން ކާމިޔާބުކުރުމުގެ ހަތިޔާރަކަށް މިކަން ބޭނުން ކުރެއެވެ. ފިރިމީހާ އޭނާގެ ޒިންމާ އަދާނުކުރާނަމަ "ތިބާ ތިއަ އަދާނުކުރަނީ ﷲ ތަޢާލާ ތިބާއާއި ޙަވާލުކުރައްވަވާފައިވާ މަޤާމާއި ދަރަޖަ" ކަމަށް ބުނެ ﷲ ތަޢާލާއަށް ބިރުވެތިވާން ހަނދާންކޮށްދެއެވެ. އެހިސާބުން ހެޔޮލަފާ ފިރިންގެ ހިތަށް ބިރުވެރިކަން ވަދެ ކަންކަން އިޞްލާޙްކުރެއެވެ.  

ވިސްނަން އޮތް ކަމަކީ ޒަވާޖީ ހަޔާތް ކުރިއަށް ގެންދިއުމުގައި ދެމީހުންގެވެސް މަސްއޫލިއްޔަތުތަކެއް އެބަހުރިކަމެވެ. ތަފާތުވަނީ ކުރަންޖެހޭ ކަންކަމެވެ. އެމީހަކު ކުރަންޖެހޭ ކަންކަން ޒިންމާދާރުކަމާއިއެކު އެމީހަކު ކުރަމުން ގެންދާނަމަ އެޢާއިލާއެއް އަބަދުވެސް ދިރިއުލެމުންދާނީ އުފާވެރިކަމާއިއެކުގައެވެ. އިން ޝާ ﷲ

 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން