އެމީހެއްގެ ހިތް މިމަގުން ސާފުކޮށްގެންހުރެ ކުރިއަށް ދިއުމަށް މަސައްކަތްކުރާ މީހަކު ނުހުއްޓުވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
އެމީހެއްގެ ހިތް މިމަގުން ސާފުކޮށްގެންހުރެ ކުރިއަށް ދިއުމަށް މަސައްކަތްކުރާ މީހަކު ނުހުއްޓުވޭނެ! އިން ޝާ ﷲ

ޙާޞިލުކުރަން ބޭނުންވާ ކަންކަން ޙާޞިލުކުރަން މަސައްކަތްކުރާއިރު ގިނަ މީހުން އެންމެ ބޮޑަށް ސަމާލުކަންދެނީ އެކަމަށް ބޭނުންވާނެ ވަސީލަތްތަކަށެވެ. އެކަމަކު އެންމެ މުހިންމު ވަސީލަތާއިމެދު ވިސްނައެއް ނުލައެވެ. ވީމާ ބުނެލަން ބޭނުންވަނީ އެންމެ ކުރިއަށް މިމަގުން ތިބާގެ ހިތް ސާފުކުރުން އެންމެ ކުރިއަށް ނެރޭށެވެ.  

ޙާޞިލްކުރަން އެދޭ ކޮންމެ ކަމަކަށް އެދިގެން މަސައްކަތްކުރިނަމަވެސް ފުރަތަމަ ކަމަކަށް ތިމާގެ ހިތަކީ، 1 ތަޤްވާވެރި، 2 ފާފަތަކުން ނަޖިސްނުވާ، 3 އެހެންމީހުންނަށް ޙަސަދަނުލާ، 4 ޢަދުލުވެރި 5 ކިބުރުވެރިކަމާއި ބޮޑާކަން ނެތް ހިތަކަށް ހަދާށެވެ!  

ހަމައެއާއިއެކު އެއްވެސް މީހަކަށް ދެރައެއް ގެއްލުމެއް އަދި އަނިޔާވެރި އެއްވެސްކަމެއް ނުކުރަން ޢަޒުމްކަނޑައަޅައި އެގޮތުގައި ޘާބިތުވެ ހުރެ ކުރިއަށްދާން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ.

މިދެބައިގައި ބަޔާންމިކުރި ކަންކަން ފުރިހަމަކޮށްގެން ކުރިއަށްދާން މަސައްކަތްކުރާ މީހަކަށް ހުރަސްއެޅޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ. އެހެނީ އެމީހަކު ހުންނާނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންނެވެ. އިން ޝާ ﷲ  

ކުރަން އުޅޭ ކަންކަން ނުކުރެވިގެން ނުވަތަ ކުރިއަށްދާން މަސައްކަތްކުރާ މަގުން ކުރިއަށް ނުދެވިގެން ކަންބޮޑުވާންޖެހޭ ގިނަ މީހުންނަށް ބަލާށެވެ. އެމީހަކު ހުންނާނީ މިބުނި ގިނަކްނަތައްތަކުން ފޭލްވެގެންނެވެ.  

ޙަޤީޤަތަށް ބަލައިފިނަމަ ކުރިއަށް ދިއުމުގައި ފޭލްވަނީ އަހުރެމެން އަމިއްލައަށެވެ. އެހެނީ ކުރިއަށްދާން މަސައްކަތްކުރަންވީ މަގު ﷲ ތަޢާލާ ވަނީ ދައްކަވައިދެއްވަވައިފައެވެ. ގިނަ ބައަކަށް އެމަގު ދޫކޮށްލެވެނީއެވެ. ކުރިއަށްދަނީ ޝައިޠޯނާ ދައްކާ މަގުންނެވެ. އެކަމަކު ކަންކަމަށް އެދި ދުޢާކުރަނީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ.  

ނިކަން ބުނެބަލާށެވެ! އެމަގުން ކަންކަން ކުރުމަކީ ދެކޮޅުޖެހޭ ކަމެއް ހެއްޔެވެ؟ ތެދުވެރިކަމާއިއެކު ނިކަން ޖަވާބު ދީބަލާށެވެ! މީސްތަކުންނާށެވެ! ޢަމަލުތައް އިޞްލާޙްކޮށްލާށެވެ! ހިތްސީދާކޮށްލާށެވެ! ފަށަމުން މިބުނި މަގުން ކަންކަން ކުރަން ފަށާށެވެ! ޙާޞިލްނުކުރެވިގެން ކަންބޮޑުވާންޖެހިފައިވާ ހުރިހާ ކަންކަންވެސް ޙާޞިލުކުރެވޭނެއެވެ. އިން ޝާ ﷲ  


- މަޢުލޫމާތު: ޑރ. ޢުމަރު ސުލައިމާންގެ ދަރުސަކުން

- މިއަދުނޫސް

މިއަދު އޮންލައިން