ލައިސަންސް ނެތި ބޭރު ފައިސާގެ ވިޔަފާރިކުރާ ކުންފުންޏެއްގެ އެކައުންޓްތައް ފްރީޒްކޮށް، އޮފީސް ބަލައިފާސްކުރަން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 51ސ
ލައިސަންސް ނެތި ބޭރު ފައިސާގެ ވިޔަފާރިކުރާ ކުންފުންޏެއްގެ އެކައުންޓްތައް ފްރީޒްކޮށް، އޮފީސް ބަލައިފާސްކުރަން ފަށައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހުއްދަ ނެތި، ޤާނޫނާ ޚިލާފަށް ފުޅާ ދާއިރާއެއްގައި ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ފުލުހުން ޚާއްޞަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، އެމްއެމްއޭއިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ޤާނޫނާ ޚިލާފަށް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް އިން ބޭރު ފައިސާގެ ވިޔަފާރި ހިންގުމަށް ބޭނުންކުރާ ބޭންކު އެކައުންޓްތައް މިހާރު ވަނީ ފްރީޒްކޮށްފައި ކަމަށެވެ.

މީގެއިތުރުން، މި މައްސަލައިގެ ތަޙުޤީޤަށް ބޭނުންވާ އިތުރު ހެއްކާއި ޤަރީނާ ހޯދުމަށްޓަކައި، މާލޭގެ މ. ދަނބުގޯޅީގައި ހުންނަ އެ ކުންފުނީގެ އޮފީސް ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ވެސް ފުލުހުން މިހާރު ގެންދަނީ ހިންގަމުންނެވެ.

މިއަދު އޮންލައިން