\އަލަށް ތަރައްޤީކޮށްފައިވާ އެފްޑީސީ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރާ ފަރާތްތަކަށް، އެދޭތާ 24 ގަޑިއިރު ތެރޭގައި އުރީދޫ ސުޕަނެޓް ގުޅައިދޭނެކަން އުރީދޫ މޯލްޑިވްސް އިން އިޢުލާންކޮށްފިއެވެ. މީގެ ސަބަބުން އާ ގެއަށް ބަދަލުވާ ހިސާބުން ފެށިގެން ޢާއިލާތަކަށް އަވަސް އަދި އިތުބާރު ހިފޭ ހޯމް އިންޓަނެޓްގެ ޚިދުމަތް ލިބިގެންދާނެއެވެ.
އިންޓަނެޓަކީ މިހާރު ދިރިއުޅުމުގެ ޒަރޫރީ ބޭނުމަކަށް ވެފައިވާއިރު، އުރީދޫން މަސައްކަތް ކުރަނީ އެފްޑީސީ ފްލެޓްތަކުގެ ރައްޔިތުންނަށް ވީހާވެސް ފަސޭހަކަމާ އެކު މި ޚިދުމަތް ފޯރުކޮށްދިނުމަށެވެ. އެގޮތުން ސުޕަނެޓަށް އެދި ހުށަހެޅުމާ އެކު 24 ގަޑިއިރު ތެރޭގައި ކަނެކްޝަން ގުޅައިދިނުމުން، މަސައްކަތާއި ތަޢުލީމާއި މުނިފޫހިފިލުވުމުގެ އިތުރުން މުޢާމަލާތް ކުރުން ފަދަ ޑިޖިޓަލް ބޭނުންތަކަށް އަވަހަށް އޮންލައިން ވެވޭނެއެވެ.
އުރީދޫ ސުޕަނެޓަކީ މި ޒަމާނުގެ ގޭބިސީތަކުގެ ބޭނުންތަކަށް ފެތޭ ގޮތަށް ފަރުމާކޮށްފައިވާ، އިތުބާރު ހިފޭ ހައި-ސްޕީޑް ހޯމް ބްރޯޑްބޭންޑް ޚިދުމަތެކެވެ. ފިލްމާއި ޝޯތައް ސްޓްރީމް ކުރުމާއި، އޮންލައިން މީޓިންތަކާއި ކްލާސްތަކުގައި ބައިވެރިވުމާއި، ގޭމް ކުޅުމާއި، ސްމާޓް ހޯމް ޑިވައިސްތައް ބޭނުންކުރުމުގެ އިތުރުން ޢާއިލާއާއި ރައްޓެހިންނާ ގުޅުން ބޭއްވުމަށް ބޭނުންވާ ސްޕީޑާއި އިތުބާރު ސުޕަނެޓުން ފޯރުކޮށްދެއެވެ.
މީގެ އިތުރުން، އެފްޑީސީ ފްލެޓްތަކަށް އަލަށް ނަގާ ކޮންމެ ސުޕަނެޓް ކަނެކްޝަނަކާ އެކު މަހު ފީއެއް ދައްކަން ނުޖެހޭ ހިލޭ ޓެލެފޯނެއް ލިބޭނެއެވެ. އަދި 1،000 އުރީދޫ މިނެޓުގެ ހިލޭ ވާހަކަދެއްކުމުގެ ވަގުތު ވެސް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.
ސުޕަނެޓް ކަސްޓަމަރުންނަށް ގޭބިސީގެ ބޭނުންތަކަށް ބަލައި އެކި ޕެކޭޖުތައް އިޚްތިޔާރު ކުރުމުގެ ފުރުޞަތު އޮންނާނެއެވެ. އުރީދޫގެ ވަރުގަދަ ނެޓްވޯކް އިންފްރާސްޓްރަކްޗަރާއި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން، ގޭގެ ހުރިހާ ޑިވައިސްތަކަކުން ވެސް ފަސޭހަކަމާ އެކު އިތުބާރު ހުރި އިންޓަނެޓް ޚިދުމަތެއް ލިބިގަނެވޭނެއެވެ.
އެފްޑީސީ ފްލެޓްތަކަށް ސުޕަނެޓްގެ ޚިދުމަތް ތަޢާރަފުކުރުމަކީ، ފެންވަރު ރަނގަޅު ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމަށާއި ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ޚިދުމަތް ދިނުމަށް އުރީދޫ މޯލްޑިވްސް އިން ދޭ އަހައްމިއްޔަތުކަން ހާމަވާ ކަމެކެވެ.
އެފްޑީސީ ފްލެޓްތަކުގެ ރައްޔިތުންނަށް މިއަދުން ފެށިގެން އުރީދޫ ސުޕަނެޓަށް އެދި ހުށަހެޅޭނެ ކަމަށާއި، ހުށަހަޅާތާ 24 ގަޑިއިރު ތެރޭގައި ޚިދުމަތް ގުޅައިދޭނެއެވެ.