މާމައަކަށް ނުވަތަ ކާފައަކަށް ވުމަކީ ޙަޔާތުގެ ވަރަށް ޚާއްޞަ އަދި ބާއްޖަވެރި އިޙްސާސެއް: މެޑަމް ސާޖިދާ

މިއަދު
ކިޔުމަށް ހޭދަވާނީ 55ސ
މާމައަކަށް ނުވަތަ ކާފައަކަށް ވުމަކީ ޙަޔާތުގެ ވަރަށް ޚާއްޞަ އަދި ބާއްޖަވެރި އިޙްސާސެއް: މެޑަމް ސާޖިދާ

މާމައަކަށް ނުވަތަ ކާފައަކަށް ވުމަކީ ޙަޔާތުގެ ވަރަށް ޚާއްޞަ އަދި ބާއްޖަވެރި އިޙްސާސެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ސާޖިދާ މިހެން ވިދާޅުވީ މާމައިންނާއި ކާފައިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި ޚާއްޞަ ޕޯސްޓެއްގައެވެ.

އެކަމަނާގެ މެސެޖުގައި ވިދާޅުވީ، މާމައަކަށް ނުވަތަ ކާފައަކަށް ވުމަކީ ޙަޔާތުގެ ވަރަށް ޚާއްޞަ އަދި ބާއްޖަވެރި އިޙްސާސެއް ކަމަށާއި، އެއީ ކޮންމެ ޢާއިލާއަކަށް ވެސް ލިބިގެންދާ އަގުނުކުރެވޭނެ ފަދަ ބޮޑު ނިޢުމަތެއް ކަމަށެވެ. އަދި ޢާއިލީ ގުޅުންތައް ބަދަހިކުރުމުގައާއި ދަރިން ތަރުބިއްޔަތު ކުރުމުގައި މާމައިންނާއި ކާފައިން އަދާކުރާ މުހިންމު ދައުރު އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން، ރާއްޖޭގެ ހުރިހާ މާމައިންނާއި ކާފައިންނަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމާއި އުފާފާގަތިކަން ލިބުމަށް އެދިވަޑައިގަންނަވަމުން، މި އުފާވެރި ދުވަހުގެ ހެޔޮއެދުމާއި އިޚްލާޞްތެރި ތަހުނިޔާ ދިވެހި އެންމެހައި މާމައިންނާއި ކާފައިންނަށް މެޑަމް ސާޖިދާ ވަނީ އަރިސްކުރައްވާފައެވެ.

މިއަދު އޮންލައިން