ކޮންފަދަ ބޮޑު ހިތާމައެއް!: ގިނައީ މި 3 ވަޞިއްޔަތްފުޅުން އެންމެ ކަމެއްވެސް ނުކުރާ މީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ކޮންފަދަ ބޮޑު ހިތާމައެއް!: ގިނައީ މި 3 ވަޞިއްޔަތްފުޅުން އެންމެ ކަމެއްވެސް ނުކުރާ މީހުން!

މާލޭގައި ހޯމަ ބުރާސްފަތި އަދި މެދުފޮއި 3 ދުވަހު ގިނަބައަކު ރޯދަވީއްލާ ހުރީ ވަރަށް މަދު މިސްކިތެކެވެ. ގިނަ މިސްކިތްތަކަކު އެކަމެއް ނުވެސް އޮވެއެވެ. އެންމެ ދެރަވަނީ ދީނުގެ ވާހަކަ ދައްކައި މީހުންނަށް ނަބީޙަތްދީއުޅޭ މީހުންގެ ތެރެއިންވެސް ވަރަށް މަދު މީހަކު ނޫނީ ރޯދަ ވީއްލާތަން ނުފެންނަ ކަމެވެ. އެމީހުންވެސް މިސްކިތްތަކަށްގޮސް ރޯދަ ވީއްލާނަމަ ހިތްވަރަކަށްވާނެތީއެވެ.  

ވީމާ ސުންނަތް ރޯދަ ހިފުން ފަދަ ކަންކަން ކުރިއަށް ގެންދަން ހިތްވަރުދޭން އިތުރަށް މަސައްކަތްކުރަން އެބަޖެހެއެވެ.  

ޚިޔާލު ފައުޅުކުރެއްވި ކިޔުންތެރިޔާއަށް ބުނެލަން އޮތީ އެކަންކަމަށް ހިތްވަރުދީ ވީހައި ގިނައިން ލިޔަން މަސައްކަތް ކުރަމުއެވެ. މަހަކު 2،3 ފަހަރު ނުލިޔެވޭ މަހެއް ހަމަނުދާނެއެވެ. އިން ޝާ ﷲ އަދިވެސް ލިޔަމުން ގެންދާނަމެވެ.  

އަބޫހުރައިރާ ރަޟިޔަالله ޢަންހު ވިދާޅުވި.  "ތިމަންކަލޭގެފާނުގެ ޚަލީލު ތިންކަމަކަށް ވަޞިއްޔަތް ކުރެއްވިއެވެ. ކޮންމެ މަހަކު ތިންދުވަހު ރޯދަހިފުމަށާއި، ކޮންމެ ދުވަހަކު ޟުޙާގެ ދެރަކްޢަތް ކުރުމަށާއި، ނިދުމުގެ ކުރިން ވިތުރި ކުރުމަށެވެ." (އަލްބުޚާރީ އަދި މުސްލިމް.) 

މި ވަޞިއްޔަތްފުޅުގައި މިވަނީ 3 ކަމެކެވެ. 1. ކޮންމެ މަހަކު ތިންދުވަހު ރޯދަހިފުން. 2. ކޮންމެ ދުވަހަކު ޟުޙާގެ ދެރަކްޢަތް ކުރުން. އަދި 3 ވަނަކަމަށް ނިދުމުގެ ކުރިން ވިތުރި ކުރުމަށެވެ. 

ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދަހިފާމީހުން އަންނަ ބުރާސްފަތިދުވަހުން ފެށިގެން ސުންނަތް ރޯދަތައް ހިފަން ފަށަމާ ހިނގާށެވެ. ޞުޙާ ނަމާދުކުރުމާއި ވިތުރިކުރުންމަތީގައި ދެމިތިބެމާ ހިނގާށެވެ.  

"ކޮންމެ ހޯމަ ދުވަހަކާއި ބުރާސްފަތި ދުވަހަކު ރޯދަހިފާ މީހަކަށް މަހުގެ 3 ދުވަހު ރޯދަ ހިފުމުގެ ސުންނަތްވެސް ޙާޞިލްކުރެވޭނެއެވެ. އެހެންކަމާއިއެކުވެސް ސުންނަތް ރޯދަހިފުން ހިފުން ގިނަކުރުމުގެ ގޮތުން 13،14،15 ދުވަހުވެސް ރޯދަހިފަންވީއެވެ.":

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

މިއަދު އޮންލައިން