ކޮޅުމަޑުލު (ތ. އަތޮޅު) ގެ ތިމާވެށީގެ ގޮތުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދެވިފައިވާ ސަރަޙައްދުތައް ދެނެގަނެ، އެ ތަންތަން ޙިމާޔަތްކުރުމުގެ ފުރުޞަތުތަކާ ގުޅޭގޮތުން އެ އަތޮޅުގެ ކައުންސިލްތަކާއެކު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ކާމިޔާބު އަދި ބިނާކުރަނިވި މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި، ކައުންސިލްތަކުން ފާހަގަކުރި މުހިންމު ސަރަޙައްދުތަކުގެ އަގުވަޒަންކުރުމަށާއި، އެ ސަރަޙައްދުތަކަށް ހުރި ނުރައްކާތައް ދެނެގަތުމަށް ބައިވެރިން އެކުގައި ވަނީ މަސައްކަތްކޮށްފައެވެ. މި ސެޝަން ކުރިއަށްދިޔައީ ވަރަށް އުންމީދީ އަދި ބައިވެރިންގެ ފުރިހަމަ އެއްބާރުލުމާއެކުގައެވެ.
މި މަސައްކަތު ބައްދަލުވުމަކީ ކޮޅުމަޑުލުގެ ގުދުރަތީ ވަސީލަތްތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށްޓަކައި މިނިސްޓްރީއާއި، އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެ އިތުރުން މޯލްޑިވްސް ރެޒިލިއަންޓް ރީފްސް ގުޅިގެން ފަށާ މަސައްކަތުގެ ފެށުމެވެ.
ހަބަރު: ސަރުކާރު