ދަރިންނަށްވެސް ދަސްކޮސްދޭންޖެހޭ ކަމެއް!: ތާނައިން ބިސްމި ލިޔުމުގައި ފަރުވާތެރިވާށެވެ! މާނަ އޮޅޭނެ ގޮތްގޮތަށް ނުލިޔާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ދަރިންނަށްވެސް ދަސްކޮސްދޭންޖެހޭ ކަމެއް!: ތާނައިން ބިސްމި ލިޔުމުގައި ފަރުވާތެރިވާށެވެ! މާނަ އޮޅޭނެ ގޮތްގޮތަށް ނުލިޔާށެވެ!

ތާނައިން ބިސްމި ލިޔާނެ ގޮތަކާއިމެދު ބައެއް ކިޔުންތެރިން ސުވާލުކުރައްވަމުންގެންދަވާތީ ޖަވާބެއްގެ ގޮތުން ހަނދުމަކޮށްލައިދޭނަމެވެ. އިން ޝާ ﷲ އަދި މިކަމަކީ މައިންބަފައިން ދަރިންނަށްވެސް ބުނެދޭންޖެހޭނެ ކަމެކެވެ.  

بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ ތާނައަކުރުން ލިޔާއިރު ތަފާތު ގޮތްގޮތަށް ލިޔެފައި ހުއްޓާ އެބަފެނެއެވެ. މިގޮތަށް ލިޔުނީމާ އަޅައިގަންނަ ގޮތެއް ހުންނަކަން (މައްސަލައެއް އެބަހުރިކަން) ފާހަގަކުރެވޭތީ ރަނގަޅު ގޮތަކީ ކޮބައިތޯ ސުވާލުކޮށްލަން ބޭނުންވީއެވެ.  

ކިޔުންތެރިޔާ ތިއަ ފާހަގަކުރެއްވި ގޮތަށް ލިޔާނަމަ އެއީ ކުށްގޮތެކެވެ. މިހާރުގެ ތަޢްލީމްގެ ތެރޭގައި މިބައިތައް ކިޔަވައިދެވޭ ގޮތުގައި މައްސަލަތަކެއް ހުންނާތީ ނުއެނގެނީ ކަމަށްވުން ގާތެވެ. ޢަރަބިބަހުގައި ލިޔާ ތަޝްދީދު ތާނައަކުރުން ލިޔާނަމަ ސުކުން ކުރަންޖެހޭނީ އަލިފަށެވެ.  

'بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ  ލިޔަން ބޭނުންވެގެން މާނައޮޅޭނެ ގޮތްގޮތަށް ލިޔަން ހެޔޮނުވާނެއެވެ. ޢަރަބިން ލިޔަން ބޭނުންނުވާނަމަ ނުވަތަ ނުލިޔެވޭނަމަ ކިރިޔާ ފުދޭނީވެސް "ބިސްމިﷲއްރަހްމާނިއްރަޙީމް" ލިޔުނީމަށެވެ. ﷲ ތަޢާލާގެ މަތިވެރި އިސްމްފުޅުތައް ލިޔާއިރު ވީހާ ފުރިހަމައަށް ލިޔަން މަސައްކަތްކުރާށެވެ.  

ބިސްމިﷲ ލިޔުމުން އެއޮތީ އިބިފިލި ނުލިޔުނަސް އިބިފިލިޖެހިފައެވެ. ދެން ލިޔަންޖެހޭނީ ގުޅުވައިގެންނެވެ. ގުޅުވައިގެން ލިޔެވޭނީ މިބަޔާންކުރި ގޮތަށް ލިޔުމުންނެވެ.  

މިގޮތަށް މިދަންނަވަނީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ މަރުކަޒުގެ ބަހުގެ ބައެއް ޢިލްމުވެރިންގެ ލަފާފުޅާއިއެކުގައެވެ.

 

 

މިއަދު އޮންލައިން