މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޗެއާމަން އަލީ ރިފާއު އާއި ދިރާގުގެ ދެ ޑައިރެކްޓަރެއް ކަމަށްވާ އަބްދުﷲ އަހުމަދު އާއި އަހުމަދު ހާފިޒް، އެމަގާމުތަކުން ވަކި ކޮށްފިއެވެ.
މިތިން ބޭފުޅުން މަގާމުން ވަކި ކުރެއްވިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުގެ ރައީސް މުޙައްމަދު ނިޒާރު ވަނީ ޓްވީޓަރ މެދުވެރިކޮށް މިއަދު ހާމަ ކުރައްވާފައެވެ.
އެމްޕީއެލް ގެ ޗެއާމަން ކަމަށް އަލީ ރިފާއު އައްޔަނު ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ގެ ވެރިކަމުގައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އެމްޕީއެލް ގެ ބޯޑަށް ވަނީ އެތައް ފަހަރަކު މަތިން ބަދަލު ގެންނަވާފައެވެ.
PCB in, thireegaimivaa list gaivaa board memberun, ekunfunithakunmiadhuvakikoffi. pic.twitter.com/WAlVSyoZwJ
— Mohamed Nizar (@nixaar) November 27, 2018