ކޮންމެ ކަމެއް ކުރިމަތިވިޔަސް ބޭނުން ހިފަން އަވަސްވެގަންނަންވީހަތިޔާރު- ޢާއިޝަތުގެފާނުގެ ބަސްފުޅުން-: ޝައިޚް ޔާސިރް ޤާޟީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
ކޮންމެ ކަމެއް ކުރިމަތިވިޔަސް ބޭނުން ހިފަން އަވަސްވެގަންނަންވީހަތިޔާރު- ޢާއިޝަތުގެފާނުގެ ބަސްފުޅުން-: ޝައިޚް ޔާސިރް ޤާޟީ

ޢާއިޝަތު ރަފާޙް ޢަލީ

 

އަޚުންނާއި އުޚްތުންނޭވެ! އަޅުގަނޑުމެންގެ ދީނުގައިވާ ގޮތުން މި މުޅި ޙަޔާތަކީ އިމްތިޙާނުތަކުގެ ޙަޔާތެއްކަން ހަނދާން ބަހައްޓާށެވެ. އެހެންކަމުން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ތަފާތު ގޮތްގޮތަށް އިމްތިޙާނު ކުރެއްވޭނެއެވެ.  

އަދި އެ އިމްތިޙާނުތަކާއި އާފާތްތަކުން އަރައިގަނެ، އެއިން ކާމިޔާބު ހޯދުމަށް އޮތް އެންމެ މުހިންމު ވަޞީލަތަކީ ކޮބައިތޯއެވެ؟ އެއީ ކެތްތެރިވުމެވެ. އަދި ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 45 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވަނީ: 

وَاسْتَعِينُوا بِالصَّبْرِ وَالصَّلَاةِ ۚ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى الْخَاشِعِينَ ‎﴿٤٥﴾‏

މާނައީ: "އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ.) (45)"

މުޞީބާތްތަކާ ކުރިމަތިވާ ހިނދު، އަދި އެއްވެސް މައްސަލައެއް ދިމާވާ ހިނދު ﷲގެ ޙަޟްރަތުން ވާގިއެދޭށެވެ. ﷲގެ ޙަޟްރަތުން ވާގިއެދޭށެވެ. وَاسْتَعِينُوا (ތިޔަބައިމީހުން ވާގިއެދޭށެވެ.) ދިރިއުޅުމަކީ އުނދަގޫ އެއްޗެކެވެ. ތިޔަބައިމީހުންނަށް އެހީތެރިކަން ބޭނުންވާނެއެވެ. ތިޔަބައިމީހުންނަށް ލިބޭނީ ކޮން އެހީތެރިކަމެއް ؟ ﷲ ވަޙީކުރައްވަނީ ދެކަމެއްގެ ވާހަކައެވެ. وَاسْتَعِينُوا بِالصَّبْرِ وَالصَّلَاةِ (ކެތްތެރިކަމާއި، ނަމާދުކުރުމުން ތިޔަބައިމީހުން ވާގިއެދޭށެވެ.) 

ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ ﷺ އަށް ކަމަކުން ދަތިފުޅުވެ، ކަމަކާ ކަންބޮޑުވެވަޑައިގަންނަވާ ކޮންމެ ހިނދެއްގައި، އެކަލޭގެފާނު ކުރައްވާ ކަމަކީ ކޮބައިތޯއެވެ؟ فَزِعَ إِلَى الصَّلَاةِ (އެކަލޭގެފާނު އަވަސްވެވަޑައިގަންނަވަނީ ނަމާދަށް ތެދުވެވަޑައިގަތުމަށެވެ.) ނަމާދުގެ ސަބަބުން އެކަލޭގެފާނުގެ ހިތްޕުޅަށް ހަމަޖެހުން ލިބިވަޑައިގަންނަވައެވެ. 

ނަމާދުގެ ސަބަބުން އެ އުނދަގޫތަކާއި، ބިރުވެރިކަމާއި، މާޔޫސްކަމުގެ މައްޗަށް އެކަލޭގެފާނު ކުރިހޯއްދަވައެވެ. އެހެންކަމުން، ކެތްތެރިކަމާއި ނަމާދަކީ، އެކަންކަމުން އެހީތެރިކަން ހޯދުމަށް ﷲ އަޅުގަނޑުމެންނަށް އަންގަވާފައިވާ ދެކަމެވެ.

 

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

މިއަދު އޮންލައިން