ﷲ ގެ ޙަޟްރަތުން ރަޙުމަތް ޔަޤިންދުޢާ-: ކޮންމެ ކަމެއް ކުރިމަތިވެގެން ނަމަވެސް ޝަރުޠު ހަމަކޮށް މިދުޢާކޮށްފިނަމަ ޢިޖާބަ ކުރައްވަވާނެ! އިން ޝާ ﷲ

ކިޔުމަށް ހޭދަވާނީ 4މ 14ސ
ﷲ ގެ ޙަޟްރަތުން ރަޙުމަތް ޔަޤިންދުޢާ-: ކޮންމެ ކަމެއް ކުރިމަތިވެގެން ނަމަވެސް ޝަރުޠު ހަމަކޮށް މިދުޢާކޮށްފިނަމަ ޢިޖާބަ ކުރައްވަވާނެ! އިން ޝާ ﷲ

ޢާއިޝަތު ރަފާޙް ޢަލީ

 

ކިޔުންތެރިން އެންމެ ގިނައިން އެދޭ އެއްކަމަކީ ބޮޑުކަމެއް ޖެހުމުން ނުވަތަ ބޮޑެތި މައްސަލަތައް ކުރިމަތިވުމުން ކުރާނެ ރަނގަޅު ދުޢާޢަކަށެވެ. މިކަމަށް ވިސްނައިލާއިރު ޔޫނުސްގެފާނަށް ކުރިމަތިވެވަޑައިގެންނެވި މުޞީބާތަކީ އާދައާ ޚިލާފަށް ބޮޑު މުޞީބާތެކެވެ. އެހެން ކަމުން މިގެނެސްދެނީ އެބޮޑު މުޞީބާތުން ސަލާމަތްކޮށްދެއްވެވުން އެދިވަޑައިގެން ޠޫނުސްގެފާނު ﷲ ތަޢާލާގެ ޙަޟްރަތަށް ކުރެއްވެވި ދުޢާއެވެ.  

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.

(( دَعْوَةُ ذِي النُّونِ إِذْ دَعَا وَهُوَ فِي بَطْنِ الْحُوتِ ﴿لَّا إِلَـٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ﴾  فَإِنَّهُ لَمْ يَدْعُ بِهَا رَجُلٌ مُسْلِمٌ فِي شَيْءٍ قَطُّ إِلاَّ اسْتَجَابَ اللَّهُ لَهُ ‏))

 މާނައީ: “ ذُوْالنُّوْن (يُوْنُس ގެފާނު)  އެކަލޭގެފާނު ބޮޑު މަހުގެ ބަނޑުގައި ވީހިނދު އެދުޢާއިން ދުޢާކުރެއްވެވިއެވެ. ” ﴿لَّا إِلَـٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ﴾ ، މާތްﷲ އެމީހެއްގެ ދުޢާ އިޖާބަނުކުރައްވާނޭ ދުޢާއެއް މީހަކު މިކަލިމަތައް މެދުވެރިކޮށް މާތް ﷲގެ ހަޟްރަތުން ކަމަކަށް އެދި ނުދަންނަވެތެވެ.“ 

﴿لَّا إِلَـٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ﴾

" އިބަރަސްކަލާނގެ މެނުވީ، އިލާހަކު ނެތެވެ. އިބަރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ."  

މި ދުޢާ އަކީ ޔޫނުސްގެފާނު ބޮޑުމަހުގެ ބަނޑުތެރޭގައި ވީހިނދު ކުރެއްވި ދުޢާއެވެ. ﷲ ތަޢާލާ އެކަލޭގެފާނުގެ ދުޢާ އިޖާބަ ކުރައްވާ އެބޮޑުމަހުގެ ބަނޑުން ނެރެދެއްވިއެވެ. 

މިދުޢާއަކީ ކީރިތި ޤުރްއާނުގައި ވާރިދުވެގެންވާ ދުޢާތަކުގެ ތެރެއިން ދުޢާއެކެވެ.

﴿87﴾ وَذَا النُّونِ إِذ ذَّهَبَ مُغَاضِبًا فَظَنَّ أَن لَّن نَّقْدِرَ عَلَيْهِ فَنَادَىٰ فِي الظُّلُمَاتِ أَن لَّا إِلَٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ

" އަދި ޛުއްނޫނި (އެބަހީ: ޔޫނުސުގެފާނު) ހަނދުމަކުރާށެވެ! އެކަލޭގެފާނު (ޤައުމުގެ މީހުންދެކެ) ކޯފާވެގެން ވަޑައިގަތް ހިނދެވެ. ފަހެ، އެކަލޭގެފާނަށް ތިމަންރަސްކަލާނގެ ޢުޤޫބާތެއް ނުދެއްވާނެކަމަށް ހީކުރެއްވިއެވެ. ފަހެ، އެކަލޭގެފާނު އަނދިރިތަކުގެ ތެރޭގައި (މަހުގެ ބަނޑުގައި) ދުޢާ ކުރެއްވިއެވެ. އިބަރަސްކަލާނގެ މެނުވީ، އިލާހަކު ނެތެވެ. އިބަރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ."

(އަލް އަންބިޔާ: 87)

 

- މިއަދުނޫސް

މިއަދު އޮންލައިން