ކައިވެނި ކުރެވޭނީ އެކަމުގެ ވަޤުތު ޖެހުމުން! އެއީ ލަސްވެގެން މާޔޫސްވެ ކަންބޮޑުވާންޖެހޭ ކަމެއް ނޫން! ހިތުގަ ޖެހޭނެ ދެރަބަސް ބުނަން ޖެހޭ ކަމެއްވެސް ނޫން!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ކައިވެނި ކުރެވޭނީ އެކަމުގެ ވަޤުތު ޖެހުމުން! އެއީ ލަސްވެގެން މާޔޫސްވެ ކަންބޮޑުވާންޖެހޭ ކަމެއް ނޫން! ހިތުގަ ޖެހޭނެ ދެރަބަސް ބުނަން ޖެހޭ ކަމެއްވެސް ނޫން!

ކައިވެނިކުރުމަކީ އެމީހަކު ބޭނުންވާއިރަށް ކުރެވޭ ކަމެއް ނޫނެވެ. އަހުރެމެންނަށް ކުރެވޭނީ މަސައްކަތެވެ. ހިންމަވައި ދެއްވަވާނީ ﷲ ތަޢާލާއެވެ.

ބުނަން ހެއްޔެވެ؟ އަހުރެންގެ އެންމެ ފިރިހެން ދަރިއަކުވެސް ނެތެވެ. ތިބީ 13 އަންހެންދަރިންނެވެ. ބައެއް ކުދިން ޢުމުރުން 17 އަހަރުގައިވެސް ކައިވެނިކުރިއެވެ. އަނެއްބައި ކުދިން 30 އިން މައްޗަށް ދިއުމުންވެސް ކައިވެނިކުރިއެވެ.  

އެކަމާއިކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ އެކުދިން ތިބީ ކައިވެންޏަށް އެދިގެންނެވެ. އެކުދިންގެ ކައިވެންޏަށް އެދިގެން މީހަކު ނައިސް ލަސްވީއެވެ. އެކަމަކު ބުނަން ހެއްޔެވެ؟ ދޮށީ ޢުމުރުގައިވެސް ކައިވެނިކުރެވުމުން އެކުދިން ތިބީ އުފަލުންނެވެ. ރަނގަޅު ބައިވެރިއަކު ލިބުނީތީއެވެ. އެހެންވެ އެކުދިން ކައިވެންޏަށް ކުރި ދިގު އިންތިޒާރުގެމަތިން މިހާރުވަނީ ހަނދާން ނެތިފައެވެ. އެކުދިން ތިބީ އުފަލުގައެވެ!  

ކައިވެނިކުރެވުމަކީ މިފަދަ ގޮތަކަށް ހިނގާކަމެކެވެ. އެއީ އަހުރެމެންގެ ބާރު ހިނގާ ކަމެއް ނޫނެވެ. ބައެއް އަންހެނުންނަށް އަވަހަށް ކައިވެނިކުރެވޭނެއެވެ. އަނެއްބައި އަންހެނުންނަށް ކައިވެނިކުރެވޭނީ ލަހުންނެވެ. އެކަމަށް ކަންބޮޑުވެ އެއީ މައްސަލައަކަށް ނުހަދާށެވެ. ޢަމުދުން ކައިވެނި ނުކުރެވި އިން އަންހެނަކަށްވެސް ފިރިހެނަކަށްވެސް އޭނާގެ ހިތުގަ ޖެހޭނެ ދެރަބަހެއް ނުބުނާށެވެ! އެކަންވާނީ ކުރެވޭ ފާފައަކަށެވެ.

 

- ޝައިޚް ޢާޞިމް އަލްޙަކީމް ގެ ޖަވާބަކުން 

މިއަދު އޮންލައިން