"ކައިވެނިކުރުމުން ﷲ ތަޢާލާ ލައްވަވާ ލޯބި ނަގާލަން ހެޔޮނުވާނެ! މަސައްކަތްކުރަންވީ އިތުރުކުރަން!: ޝައިޚް ޑރ ސާޖިދް ޢުމަރް

ކިޔުމަށް ހޭދަވާނީ 2މ 45ސ
"ކައިވެނިކުރުމުން ﷲ ތަޢާލާ ލައްވަވާ ލޯބި ނަގާލަން ހެޔޮނުވާނެ! މަސައްކަތްކުރަންވީ އިތުރުކުރަން!: ޝައިޚް ޑރ ސާޖިދް ޢުމަރް

ޢާއިޝަތު ރަފާޙް ޢަލީ

 

وَجَعَلَ بَيْنَكُم مَّوَدَّةً (އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯބިލެއްވިއެވެ). ﷲ ތަޢާލާ ރޫމް ސޫރަތުގެ 21 ވަނަ އާޔަތުގައި ވަޙީކުރައްވަނީ މިއީ އެކަލާނގެ ކައިވެނިކޮށްގެން އުޅޭ ދެމަފިރިންނަށް ދެއްވާ ހަދިޔާއެއް ކަމަށެވެ. 

وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ ‎﴿٢١﴾

މާނަ: "ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ نفس ތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ. (21) " 

'މަވައްދާ' (مَوَدَّة) އާންމުކޮށް ތަރުޖަމާކުރެވެނީ 'ލޯބި' މި ބަހުންނެވެ. ނަމަވެސް ޢަރަބި ބަހުގެ ހަމަތަކަށް ބަލާއިރު، މިއީ އެންމެ ފުރިހަމަ ތަރުޖަމާއެއް ނޫނެވެ. ސަބަބަކީ 'މަވައްދާ' އަކީ ހަމައެކަނި ހިތުގައި އޮންނަ ލޯތްބެއް ނޫނެވެ. 'މަވައްދާ' އަކީ އަނެކާއަށް އިޙްސާސްކުރެވޭ ފަދަ ޢަމަލީ ލޯބީގެ އަމަލުތަކެވެ.

އަޚުންނާއި އުޚުތުންނޭވެ! މިއާމެދު ފުންކޮށް ވިސްނާލައިފިނަމަ، ﷲ ތަޢާލާ، ސުވަރުގެ ބިނާކުރުމަށްޓަކައި ތިޔަބައިމީހުންނަށް ދެއްވި ހަދިޔާއެއްގެ ވާހަކައެވެ. 

އަދި 'މަވައްދާ' އަކީ ވަރަށް ފަސޭހަ ކަމެއްކަން ﷲ އަހަރެމެންނަށް ދަސްކޮށްދެއްވައެވެ. ބައެއް ފަހަރު ފިރިމީހާ އަނބިމީހާގެ ކޯތާފަތުގައި އޯގާތެރިކަމާއެކު އަތްޖައްސާލުމަކީ ވެސް ވަރަށް އާދައިގެ ކަމެކެވެ. ނަމަވެސް އެޢަމަލުގެ ސަބަބުން އޭނާގެ މުޅި މާހައުލު ބަދަލުވެގެންދެއެވެ. ޝައިޠާނާގެ ވަސްވާސްތައް ފިލައިގެންދެއެވެ.  

އަނބިމީހާ، ފިރިމީހާއަށްޓަކައި، މެންދުރުގެ ކެއުމުގެ ވަގުތުގައި އާދައިގެ މެސެޖެއް ކޮށްލުމެވެ. 'ކައިފިންހެއްޔެވެ؟ މިއަދަކީ މާ ބުރަ ދުވަހަކަށް ނުވާނެކަމަށް އުންމީދުކުރަމެވެ.' ސުބްޙާނަﷲ، މިއިން މުޅި ހާލަތު ބަދަލުކޮށްލައެވެ. މިއީ ވަރަށް ކުދިކުދި އާދައިގެ ކަންކަމެވެ."

 

- ޝައިޚް ޑރ ސާޖިދް ޢުމަރްގެ ދަރުސަކުން

- މިއަދުނޫސް

މިއަދު އޮންލައިން