ތިބާއަށް ބޮޑަށް ކަންބޮޑުވެވެނީ އުޅެންޖެހޭ ނިކަމެތި ޙާލަށްވުރެ އަޅުކަން ނުކުރެވޭތީ ކަމަށްވެއްޖެނަމަ ލިބޭނެ އުފާވެރިކަމާ ހިތްހަމަޖެހުން މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ތިބާއަށް ބޮޑަށް ކަންބޮޑުވެވެނީ އުޅެންޖެހޭ
ނިކަމެތި ޙާލަށްވުރެ އަޅުކަން ނުކުރެވޭތީ ކަމަށްވެއްޖެނަމަ ލިބޭނެ އުފާވެރިކަމާ
ހިތްހަމަޖެހުން މާބޮޑުވާނެ!

އިސްލާމް ކަމުގައި ދަރަޖަތަކެއް އެބަހުއްޓެވެ. އެއީ

އެމީހާގެ ހިތާއި ގުނަވަންތަކުން ކުރާ އަމަލުތަކަށް ނިޞްބަތްވާ ދަރަޖަތަކެކެވެ. ސުވަރުގޭގައިވެސް ދަރަޖަތަކެއް ހުރެއެވެ. ސުވަރުގެ ވެއްދެވިޔަސް އެމީހަކަށް ލިބޭނީ އެމީހަކަށް ޙައްޤު ދަރަޖައެވެ. ދަރަޖަ ދެއްވަވާނީ އެމީހަކު ދުނިޔޭގައި ހުރެ ޢަމަލުކުޅަގޮތުގެ މައްޗަށެވެ. މަތީދަރަޖަ ހޯދަން ބޭނުންވާނަމަ އޮތީ ހެޔޮ ޢަމަލުތައްކުރުން ގިނަކުރުމެވެ. 

މިސާލަކަށް ބުނާނަމަ ބައެއް މީހުންނަކީ ޝަހާދަތް ކިޔައި ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކުރުމުން ފުދުނީ ކަމަށް ޤަބޫލުކުރާ ބައެކެވެ. އަނެއް ބައަކަށް ކިރިޔާވެސް ފުދޭކަމަށްވަނީ ފަރުޟު ނަމާދާއި ރަވާތިބު ސުންނަތްތަކުގެ އިތުރުން ދަމު ނަމާދާއި އެހެންވެސް ސުންނަތް ނަމާދުތައް ކުރެވުމުންނެވެ. ޛިކުރުކުރުމާއި ކީރިތި ޤުރްއާން ކިޔެވުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރެވުމުންނެވެ. 

ވީމާ އެއްވެސް ޙާލެއްގައި މިއެންމެންނަކީ އެއްދަރަޖައެއްގެ މުސްލިމުންނެއް ނޫނެވެ. 

މީސްތަކުންނޭވެ! ސިޔާސީ މީހުންނަށް ކިރިޔާވެސް ހިތްހަމަޖެހުމެއް ލިބޭނީ ޤައުމުގެ ރައީސްކަން ލިބުމުންނެވެ. ވަޒިރުކަން ލިބުނަސް ނުފުދޭނެއެވެ. ވިޔަފާރިކުރާ ގިނަ މީހުންގެ ހިތް އޮންނަނީ ބިލިއަނަރުންނަށް ވެވުނު ނަމަވެސް ނުފުރިފައެވެ. ގިނައިން ލިބޭވަރަކަށް އިތުރަށް ބޭނުންވެއެވެ.  

ނަމަވެސް މިއިން އެއްވެސް ކަމަކީ އެމީހަކު ސުވަރުގެ ވަދެވޭނެ ކަމެއް ނޫނެވެ. ދުނިޔޭގައި ކިތަންމެ ބޮޑު މަޤާމެއްގައި ހުރިނަމަވެސް އަދި ކިތަންމެ ބޮޑު ބިލިއަނަރަކަށް ވެވުނު ނަމަވެސް އެމީހަކަށް ސުވަރުގެ ލިބުން ވަނީ އެމީހަކު ކުރި ހެޔޮ އަމަލުތަކުގެ މައްޗަށެވެ. މަޤާމާއި މުއްސަނދިކަމުގެ އެއްވެސް ފައިދާއެއް ޤިޔާމަތް ދުވަހު ކުރާނީ ކުރާނީ ނިޢްމަތް ދެއްވެވި ﷲ ތަޢާލާއަށް ޝުކުރުވެރިވެ ހެޔޮ ގޮތުގައި ޢަމަލުތައް ކޮށްފައިވާނަމައެވެ.  

މި ޙަދީޘްފުޅަށް ބަލާށެވެ! "ﷲ ތަޢާލާއަށް އީމާންވެގެން ހުރި މީހާގެ ހިތް ފުރޭނީ ސުވަރުގެ ވަދެވުމުންނެވެ." އެއިގެ ކުރިން އެމީހަކަށް ދުނިޔޭގައި ކިތަންމެ ގިނަ ނިޢްމަތްތަކެއް ލިބުނު ނަމަވެސް އެމީހާއަށް ޙަޤީޤީ ހިތްހަމަޖެހުމެއް ނުލިބޭނެއެވެ.  

Prophet Muhammad (ﷺ) said,

"A believer never satisfies doing good until he reaches Jannah." At- Tirmidhi, Book 13, Hadith 1386

ހަމަ އެއާއިއެކު ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވެގެން ހުރި މީހަކު ނަމަ ދުވާލަކު އެއް އިރު ކާން ލިބުނު ނަމަވެސް އެމީހާ ކުރަން ޖެހޭ އަޅުކަން ފުރިހަމަ ގޮތުގައި ކުރެވޭނަމަ ހުންނާނީ ހިތްހަމަޖެހިގެންނެވެ. އުފާވެރިކަމާއިއެކުގައެވެ. މުޅި ދުނިޔެއަށްވުރެ ތަޤްވާވެރިކަމުގެ މޭވާގެ ރަހަ އެމީހުންނަށް މާމީރުވާނެއެވެ. އެކަމުން ކުރާނެ ފައިދާވެސް މާބޮޑުވާނެއެވެ.=

--އިސްލާމީ ތިލަފަތުގެދަރުސަކުން

 

 

 

މިއަދު އޮންލައިން