މާލޭގައި ދިރިއުޅެމުންދިޔަ 25 އަހަރުގެ ދިވެހި އަންހެނަކު ވީނުވީއެއް ނޭނގި ގެއްލިގެން ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، ގެއްލިގެން ހޯދަމުންދަނީ ލ. މުންޑޫ، ގުލްޒާރުގެ، އުމުރުން 25 އަހަރުގެ މަރްޔަމް މާއީ ޖަމީލް ކަމަށެވެ.
މާލޭގައި ދިރިއުޅެމުން އަންނަ މާއީ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި ހިނގާ މަހުގެ 1 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.
އެހެންކަމުން، މަރްޔަމް މާއީ ޖަމީލާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9400053 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި އެ މަޢުލޫމާތު ޙިއްޞާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.