ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން 205 ސިޔާސީ މުވައްޒަފުން ވަކިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން 205 ސިޔާސީ މުވައްޒަފުން ވަކިކޮށްފި

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ހަތަރު މަޤާމެއްގައި ތިބި 205 ސިޔާސީ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފު (މުންދު) ވިދާޅުވީ، ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން މިހާތަނަށް 4 މަޤާމެއްގައި ތިބި 205 ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށެވެ.

ވަކިކުރި މުވައްޒަފުންގެ ތަފްޞީލު ދެއްވަމުން ތަރުޖަމާނު ވިދާޅުވީ، އޭގެ ތެރޭގައި ހިމެނެނީ ސްޓޭޓް މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުންނާއި، ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންގެ އިތުރުން ޕޮލިޓިކަލް ޑިރެކްޓަރުން ކަމަށެވެ.

"މިހާތަނަށް މި މަސައްކަތުގެ ތެރެއިން 205 މުވައްޒަފަކު ވަކިކޮށްފައިމިވަނީ. އޭގެތެރޭގައި ސްޓޭޓް މިނިސްޓަރ، ޑެޕިއުޓީ މިނިސްޓަރ، ސީނިއަރ ޕޮލިޓިކަލް ޑައިރެކްޓަރ އަދި ޕޮލިޓިކަލް ޑައިރެކްޓަރގެ މަޤާމުގައި ތިއްބެވި މުވައްޒަފުންގެ ތެރެއިން 205 މުވައްޒަފުން ވަކިކުރެވިއްޖެ. އަދި ނުނިމޭ މަސައްކަތެއް. އެހެންވީމަ ކުރިއަށް އޮތްތަނުގައި މިއަދަދަށް ބަދަލު އަތުވެދާނެ". ތަރުޖަމާނު ވިދާޅުވިއެވެ.

މިއަދު އޮންލައިން