ފަޅުރަށްތަކުގެ ޤާނޫނަށް ގެނައި ބަދަލާއެކު މެރިކަލްޗަރ ސިނާޢަތަށް ބޮޑު އިގްތިސާދީ ކުރިއެރުމެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
ފަޅުރަށްތަކުގެ ޤާނޫނަށް ގެނައި ބަދަލާއެކު މެރިކަލްޗަރ ސިނާޢަތަށް ބޮޑު އިގްތިސާދީ ކުރިއެރުމެއް!

ފަޅުރަށްތަކާ ބެހޭ ޤާނޫނަށް ގެނައި އާ އިސްލާހުގެ ދަށުން، ކުއްޔަށް ދޫކުރާ ފަޅުރަށްތަކުގައި މަސްވެރިކަމާ ގުޅުންހުރި ތަފާތު ވިޔަފާރިތައް އިންޓަރގްރޭޓެޑްކޮށް ހިންގޭ ގޮތަށް ބަދަލުުގެނެސްފިއެވެ. މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މިއީ މި ޤާނޫނަށް ގެނެވުނު އެންމެ މުހިންމު އަދި އެންމެ އެދެވޭ ބަދަލު ކަމަށެވެ.

ކުރިން އޮތް ގޮތުން ފަޅުރަށެއް ދޫކުރެވެނީ ކަނޑައެޅޭ ވަކި ސިންގަލް މަސައްކަތަކަށް އެކަންޏެވެ. ނަމަވެސް، އާ އިސްލާހާއެކު އެގްރިކަލްޗަރ ނުވަތަ މެރިކަލްޗަރ ފަދަ ތަފާތު ދާއިރާތަކުގެ މަސައްކަތްތައް އެއް ރަށެއްގައި ނުވަތަ އެ ރަށެއްގެ ފަޅު ބޭނުންކޮށްގެން އެކުއެކީގައި ކުރިއަށްގެންދިއުމުގެ މަގު ވަނީ ފަހިވެފައެވެ.

މިކަމާ ގުޅޭގޮތުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނާއިފް ވިދާޅުވީ، މީގެ ކުރިން މެރިކަލްޗަރއަށް ދޫކުރާ ރަށެއްގައި އެގްރިކަލްޗަރގެ މަސައްކަތެއް އަދި އެގްރިކަލްޗަރއަށް ދޫކުރާ ރަށެއްގައި މެރިކަލްޗަރގެ މަސައްކަތެއް ނުކުރެވޭ ގޮތަށް އޮތް އޮތުމަށް މިހާރު ހައްލު ލިބިގެންގޮސްފައިވާ ކަމަށެވެ.

މީގެއިތުރުން، ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ފާހަގަކުރެއްވި ގޮތުގައި، މި ބަދަލުގެ ސަބަބުން ރާއްޖޭގައި މެރިކަލްޗަރ ސިނާޢަތް ފުޅާވެ، ޤައުމީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ. އަދި ކަންނެއްޔާއި ކަޅުބިލަމަހުގެ މަސްވެރިކަމުގެ އިތުރުން ކަނޑުގެ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް މިއީ ލިބުނު ފުރުސަތެކެވެ.

ސަރުކާރުގެ މުހިންމު އަމާޒަކީ ކަނޑުގެ ވަސީލަތްތައް ބޭނުންކޮށްގެން އިޤްތިޞާދު ސިންދަފާތުކުރުން ކަމަށްވާތީ، މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ތަމްރީނާއި، މާލީ އެހީތެރިކަމާއި ވަސީލަތްތައް ފޯރުކޮށްދިނުމުގެ ތަފާތު ޕްރޮގްރާމްތައް އަންނަނީ ކުރިއަށްގެންދަމުންނެވެ.

މިއަދު އޮންލައިން