ޖޫރިމަނާ 5،000ރ. އަށް ވުރެ ބޮޑުވެއްޖެ ނަމަ ލައިސަންސް ބާތިލުކުރެވޭ އިސްލާހަށް އަމަލުކުރަން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ޖޫރިމަނާ 5،000ރ. އަށް ވުރެ ބޮޑުވެއްޖެ ނަމަ ލައިސަންސް ބާތިލުކުރެވޭ އިސްލާހަށް އަމަލުކުރަން ފަށައިފި

ޓްރެފިކް ޖޫރިމަނާގެ އަދަދު 5،000ރ. އަށް ވުރެ ބޮޑުވެއްޖެ ނަމަ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ބާތިލުކުރުމުގެ ބާރު ލިބޭ އިސްލާހަށް އަމަލުކުރަން ފަށައިފިއެވެ. އާ ގާނޫނުގައިވާ ގޮތުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ ލައިސަންސް ހިފެހެއްޓޭނެ ހާލަތްތަކެއް ވަނީ ކަނޑައަޅައިފައެވެ.

ގާނޫނާއި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ ހިލާފު އަމަލެއް ކުރުމާއި، ގާނޫނުގައި ބަޔާންކުރާ ޝަރުތެއް އެ ފަރާތުގެ ކިބައިން އުނިވެއްޖެކަމަށް އެކަށީގެންވާ ސަބަބުތަކާ އެކު ގަބޫލުކުރެވޭ ހާލަތްތަކުގައި ލައިސަންސް ހިފެހެއްޓޭނެއެވެ. މީގެ އިތުރުން، އެ ގާނޫނުގެ ދަށުން ދައްކަންޖެހި ނުދައްކާ ހުރި ފީ އާއި ޖޫރިމަނާ ފައިސާގެ ޖުމްލަ އަދަދު 5،000ރ. ނުވަތަ އެއަށް ވުރެ ބޮޑުވުމުން ލައިސަންސް ބާތިލް ކުރެވޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

ގާނޫނުގައިވާ ގޮތުން ލައިސަންސް ހިފެހެއްޓޭނީ އެފަދަ ހާލަތެއް މެދުވެރިވެފައިވާ ކަމަށް ޓްރެފިކް ފުލުހުން ކަނޑައެޅުމުން ނުވަތަ ލައިސަންސް ހިފެހެއްޓުމަށް ޝަރުއީ ކޯޓަކުން އަމުރުކުރުމުންނެވެ.

ވަގުތީ ގޮތުން ލައިސަންސް ހިފަހައްޓައިފި ނަމަ، ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާ ހާލަތްތަކުގައި، ލައިސަންސްގެ ބަދަލުގައި 48 ގަޑިއިރަށް އެއްގަމު އުޅަނދު ދުއްވުމުގެ ވަގުތީ ހުއްދައެއް މިހާރު ވެސް ދޭ އުސޫލުން ދޭނެއެވެ. އަދި ޖޫރިމަނާ ފައިސާ ރަސްމީ ބަންދު ދުވަސްތަކުގައި ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިނުވާ ނަމަ، އެ 48 ގަޑިއިރުގެ މުއްދަތު ގުނާނީ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައެވެ.

މިއަދު އޮންލައިން