ހަށިގަނޑު ފަލަވުމަށްވުރެ ބަނޑުގަ މަސްޖެހުމުން ފުރާނައަށްވާ ނުރައްކާ ބޮޑުކަމަށް ދިރާސާއަކުން ދައްކައިފި!

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
ހަށިގަނޑު ފަލަވުމަށްވުރެ ބަނޑުގަ މަސްޖެހުމުން ފުރާނައަށްވާ ނުރައްކާ ބޮޑުކަމަށް ދިރާސާއަކުން ދައްކައިފި!

ހަށިގަނޑު ފަލަވުމަކީ ޞިއްޙީ ގިނަ މައްސަލަތަކެއް ކުރިމަތިވާ ކަމެކެވެ. އެހެންކަމާއިއެކުވެސް ބަނޑުގަ މަސްޖަހައި ބަނޑުބޮޑުވުމަކީވެސް ނުރައްކައުތެރިކަމެއްކަމަށް ދިރާސާއަކުން ދައްކައިފިއެވެ.  

ދިރާސާގައި ބުނެފައިވަނީ ދިރާސާކުރެވުނު މީހުންގެ ނިޞްބަތަށްބަލާއިރު ދުރާނައަށް ނުރައްކާވި މީހުންގެ ނިޞްބަތް ބޮޑީ ބަނޑުގައި އާދައާ ޚިލާފަށް ބޮޑަށް މަސަޖަހާފައި ތިބޭ މީހުންގެ ކަމަށެވެ. އަދި އިތުރުވި ޢަދަދަކީ 3 އިންސައްތަ ކަމަށްވެސް ބުނެފައިވެއެވެ.

ދިރާސާގައި ބުނެފައިވަނީ ޢުމުރުން ދުވަސްވުމުން ބަނޑު ހިދަން ބޮޑަށް މަސައްކަތްކުރުމަށް ހިތްވަރުދޭކަމަށެވެ. "މިއީ ބަދަލުވެދާނެ ނަތީޖާއެއް. އަހަރެމެން މިގެންދަނީ އިތުރަށް ދިރާސާކުރަމުން. މުހިންމީ ހަށިގަނޑު ފަލަވިޔަ ނުދިނުމާ އަދި ބަނޑުވެސް ބޮޑުވެގެންދިއަ ނުދިދިނުން. ޖިމްއަށް ޤަވާއިދުކޮށް ނުދެވޭ މީހުންނަށް ބުނެލަން އޮތީ ކުރަންޖެހޭ ކަސްރަތުތައް ދަސްކޮށް ކަސްރަތުކުރުމަށް. ޑައިޓްވެސް ކުރުމަށް."  

"އަހަރެމެން އިލްތިމާސްކުރަން ފިނިބުއިންތައް މަދުކުރުރަން، ހޫނުފެން ގިނައިން ބުއިމަށް. ސަރުބީ ގިނަ ބާވަތްތައް ކެއުން މަދުކުރަން. ކުރާ ކަސްރަތުގެ ފައިދާ ބޮޑަށްކުރާނީ އެއިރުން." ކަމަށްވެސް ބުނެފައިވެއެވެ.

 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

މިއަދު އޮންލައިން