އެންމެ ޑިމާންޑް ބޮޑު އަންހެނަކަށްވާކަށް ރީތިވާކަށްވެސް، ތަނަވަސްވާކަށްވެސް ނުޖެހޭ! ސަމާލުކަންދޭން އޮތީ މާފަސޭހަ ކަމަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
އެންމެ ޑިމާންޑް ބޮޑު އަންހެނަކަށްވާކަށް ރީތިވާކަށްވެސް، ތަނަވަސްވާކަށްވެސް ނުޖެހޭ! ސަމާލުކަންދޭން އޮތީ މާފަސޭހަ ކަމަކަށް!

ވަރަށް ގިނަ ތަފާތު އަންހެނުންނާއި އެކިފެންވަރުގައި ގުޅުން ބޭއްވުމަށްފަހު ފުލުފުލުގައި 4 އަނބިން ހަމަކުރި ތަނަވަސްކަންހުރި މީހަކާއި ސުވާލުކުރެވުނެވެ. "އެއެންމެންގެ ތެރެއިން ކަލެއަށް އެންމެ ކަމުދިއައީ ކާކު ނުވަތަ ކޮންވައްތަރެއްގެ އަންހެނުން ހެއްޔެވެ؟" މިސުވާލަށް އޭނާދިން ޖަވާބު ވެސް ބުނެލާނަމެވެ.  

"އެއީ އެންމެ ސިފަ ރީތި، އެންމެ ސްމާޓް އަންހެނުންނެއްވެސް ނޫނެވެ. އަދި އެންމެ ހުޝިޔާރު އެންމެ ވިސްނުން ތޫނު އަންހެނުންނެއްވެސް ނޫނެވެ. އަދި އަހުރެންދެކެ އެންމެ ބޮޑަށް ލޯބިވާކަމށްބުނި އަންހެނުންނެއްވެސް ނޫނެވެ. އަދި ކީއްހެއްޔެވެ؟ އަހުރެންގެ އަމިއްލަ ކަންކަމަށް އެންމެ ބޮޑަށް ސަމާލުކަންދީ ހުރިހާ ގޮތަކުންވެސް އަހުރެންނަށް އެހީތެރިވެދޭން މަސައްކަތްކުރި އަންހެނުންނެވެ.

އެއީ ކީއްވެގެންކަންވެސް ބުނާނަމެވެ. ސަބަބަކީ އެމީހުންގެ އެހީތެރިކަމުން އަހުރެންގެ ބޮލަށް ލުއިކަންލިބުނީތީއެވެ. އަހުރެންނަށް ހުރިހާ ގޮތަކުންވެސް ކުރިއެރުން ހޯދައިދޭން މަސައްކަތްކުރީތީއެވެ. އެކަންކަމުގެ ސަބަބުން އެމީހުންނަށް އިތުބާރުކުރެވުނިތީއެވެ.  

އެމީހުންނަށް އެންމެ ބޮޑަށް ސަމާލުކަން ދެވުނު އެންމެ ބޮޑު ސަބަބުވެސް ބުނެލާނަމެވެ. އެމީހުން އަހުރެންނަށް އެހީތެރިކަން ފޯރުކޮށްދިނީ ހަމައެކަނި ދުނިޔޭގެ ކަންކަމުގައި ކުރިއަރައިދާކަށްވެސް ނޫނެވެ. އަހުރެންގެ އުނިސިފަތައް ފާހަގަކުރިއެވެ. އަހުރެން ލައްވައި އަޅުކަންކުރުވަން މަސައްކަތްކުރިއެވެ. ވީމާ އެމީހުން އެވަނީ އަހުރެން ސުވަރުގެ ވައްދުވަންވެސް މަސައްކަތްކޮށްދީފައެވެ.

ދީން ހުއްދަކުރާނަމަ އެހުރިހާ އަންހެނުންނާއިވެސް ކައިވެނިކުރީމުހެވެ. ނަމަވެސް މަޖުބޫރުވީ އެންމެ 4 އަނބިންނާއި ހަމައިން ފުއްދައިލާށެވެ! އުންމީދުކުރަނީ އަހުރެންގެ ޗޮއިސް ވަރަށް ފުރިހަމަވާނެ ކަމަށެވެ."  

އިތުރަށް ބުނަން އޮތީ ކީކޭހެއްޔެވެ؟ އޭނާ އެހާމަކުރީ ކަމުގެ ޙަޤީޤަތެވެ. ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނީ އޭނާއަށް ތެދުވެރިކަމާއިއެކު ހުރިހާ ގޮތަކުންވެސް އެހީތެރިވެދޭނެ އަންތބެކެވެ. ބުއްދިވެރިން އިޚްތިޔާރުކުރާނީ ތެދުވެރިންނެވެ. އެމީހަކަށް ހުރިހާ ގޮތަކުންވެސް އެހީތެރިވެދޭނެ ބައިވެރިއެކެވެ.  

ފުދުންތެރިކަން ހުރީތީ އޭނާ 4 އަނބިން އިޚްތިޔާރުކުރީއެވެ. އެކަކު އިޚްތިޔާރުކުރިނަމަވެސް އިސްކަންދޭންވީ އޭނާ އެބުނި ކަންކަމަށެވެ. އުފާވެރިކަމާއިއެކު ޒަވާޖީ ޙަޔާތް ވޭތިކުރެވޭނީ އަދި ސުވަރުގެ ވަދެވޭނީވެސް އެއިރުންނެވެ.  

މިއީ ދުނިޔޭގެ ފެންވަރުގެ ތަނަވަސްކަންހުރި މީހަކު ބުނެފައިވާ ބަސްކޮޅެކެވެ.

 

- މިއަދުނޫސް

މިއަދު އޮންލައިން