ދިރިއުޅުމާއިމެދު ވިސްނާ މީހަކު ތިމާ ގޮވައިގެން ކުރިއަށްދާން މަސައްކަތްކުރާ ބައިވެރިޔާގެ ހިތުގަ ޖެހޭނެ ކަމެއް ނުކުރާނެ! ކިތަންމެ ޝައުޤުވެރިވާ ސިފަތައް ހުރި މީހަކުފެނުނަސް ފަހަތަކުން ނުދުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ދިރިއުޅުމާއިމެދު ވިސްނާ މީހަކު ތިމާ ގޮވައިގެން ކުރިއަށްދާން މަސައްކަތްކުރާ ބައިވެރިޔާގެ ހިތުގަ ޖެހޭނެ ކަމެއް ނުކުރާނެ! ކިތަންމެ ޝައުޤުވެރިވާ ސިފަތައް ހުރި މީހަކުފެނުނަސް ފަހަތަކުން ނުދުވާނެ!

ޒަވާޖީ ޙަޔާތް ވޭތިކުރަމުން އަންނަ އެންމެންނަކީ އެއްގޮތް ބައެއް ނޫނެވެ. ތިމާ ގޮވައިގެން ކުރިއަށްދާން ބޭނުންވެ އެކަމަށް މަސައްކަތްކުރާ މީހުން މަދުވާނެއެވެ. އެފަދަ ބައިވެރިއަކު ލިބިއްޖެނަމަ އެއީ ލިބުނު އަގުބޮޑު ޖަވާހިރެކެވެ.  

ތިމާ ޝައުޤުވެރިވާ ސިފަތައް ހުންނަ މީހުން އަބަދުވެސް ފެންނާނެއެވެ. ގިނަ މީހުންނަށް ހެދޭ ގޯހަކީ ތިމާ ޝައުޤުވެރިވާ ސިފަތައް ހުރި މީހަކު ފެނިއްޖެނަމަ ތިމާއަށް އިޚްލާޞްތެރި، އަދި ތިމާ ގޮވައިގެން ކުރިއަށްދާން ބޭނުންވާ ބައިވެރިޔާގެމަތިން ހަނދާންނައްތައިލެވި އެމީހެއްގެ ފަހަތުން ދެވެނީއެވެ. ނަތީޖާއަކަށްވަނީ ކައިވެނި ރޫޅުމެވެ.  

މިއީ އެއްވެސް ބުއްދިވެރިއަކު ކަންތައްކުރާނެ ގޮތެއް ނޫނެވެ. ދިރިއުޅުން މިކިޔަނީ ވާންޖެހޭ ޤުރްބާނީއަކަށެވެ. ދިރިއުޅުން ކާމިޔާބުކުރެވެނީ އެޤުރްބާނީވާ މީހުންނަށެވެ. ގިނަ ބައަކަށް ދިރިއުޅުމުގައި ބޮޑެތި ދެރަތައް ލިބެނީ މިކަންކަމަށް ނުވިސްނައި ކަންކަންކުރާތީއެވެ.  

އަހުރެންގެ ނަޞީޙަތް މުޚާޠަބް މިކުރީ ފިރިންނަށާއި އަނބިންނަށެވެ. މިއީ ދެމީހުންވެސް ސަމާލުކަންދޭންޖެހޭނެ ކަމަށްވާތީއެވެ. ނިންމާލަމުން ބުނެލަން އޮތީ އަބަދަށް ސިއްރުކުރެވޭނެ ކަަމށް ވިސްނައިގެން ކަންކަން ނުކުރާށެވެ! ބޭވަފާތެރިވާނަމަ އެކަން ބޭޒާރުވާނެއެވެ. ޒަވާޖީޙަޔާތް ބަރުބާދުވެގެންދާނެއެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން